ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
މިސްކޫލްގެ ފުރާޅާއި ސީލިންގ މަރާމާތުކުރުމާއި ގުޅޭ

 

އިޢުލާން

މިސްކޫލްގެ ފުރާޅާއި ސީލިންގ މަރާމާތުކުރުމާއި ގުޅޭ

މިސްކޫލްގެ އިމާރާތުގެ ފުރާޅުގެ ބައެއް ތަންތަން ހަލާކުވެގެން އިމާރާތުގެ ތެރެއަށް ވާރޭވެހޭތީ ފުރާޅާއި ސީލިންގ މަރާމާތުކުރުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

11 ޑިސެމްބަރ 2017 (ހޯމަ) ދުވަހުގެ 09:00 ގައި ސްކޫލް އޮފީހުގައި

14 ޑިސެމްބަރ 2017 (ބުރާސްފަތި) ދުވަހުގެ 09:00 ގައި ސްކޫލް އޮފީހުގައި

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ6892546  ނަންބަރު ފޯނާއެވެ.

 

17 ރަބީޢުލްއައްވަލް 1439

05 ޑިސެމްބަރ 2017

 

 

05 ޑިސެންބަރު 2017
ހޯދާ