ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

މަގާމު:

 ޑްރައިވަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަސައްކަތް ކުރަންޖެހޭ ގަޑި:

 ފުލް ޓައިމް ޝިފްޓް ޑިއުޓީ

މަގާމުގެ ޝަރުޠު:

  • ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،  މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލް ކޮށްފައިވުން.

ނުވަތަ.

  • މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މުސާރައާއި އިނާޔަތްތައް

  • އަސާސީ މުސާރަ 3000.00 ރުފިޔާ.
  • ޑެއިލީ އެލަވަންސް: މަސައްކަތަށް ނިކުންނަ ދުވަހަކަށް 142.50 ރުފިޔާ.
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި އަދި ޝިފްޓް ޑިއުޓީ އެލަވަންސް ލިބެނެއެވެ.

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ހެވީވެހިކަލްތައް ދުއްވަންއެނގޭ މީހުނާއި މިފަދަ މަޤާމެއްގައި ވަޒީފާ އަދާކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް ކުރަންޖެހޭ މަސައްކަތް:

  1. އެއަޕޯޓްގެ އެކިސަރަޙައްދުތަކުގައި މަސައްކަތްކުރާ ތަންތަނަށް ބޭނުންވާ ސާމާނު ގެންގޮސްދިނުމާއި، ރަށުތެރޭގެ އެކިސަރަޙައްދު ތަކުގައި ހުންނަ ޑަސްބިން އުކުމުގެ މަސައްކަތް ކުރުން.
  2. އެއަރ ސައިޑްގަ އާއި މަތިންދާބޯޓުކައިރީ ވެހިކަލް ދުއްވުމުގެ މަސައްކަތްކުރުން.
  3. ރަށުތެރެއާއި ރަންވޭ ސޯލްޑަރ ވިނަކޮށުމުގެ މަސައްކަތްކުރުން.
  4. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ އެއްގަމުގައި ދުއްވާ ތަކެތި ދުއްވުމުގެ ޤާވައިދަށް ވެހިކަލް ދުއްވުން.
  5. ވެހިކަލް ސްޓާޓް ކުރުމުގެ ކުރިން އަޑީތެޔޮ އަދި ފެންހުރިތޯބަލައި ޗެކްކްރުމާއި، ސާފުކުރުމާއި، ވެހިކަލަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ސެކްޝަން ހަވާލުވެ ހުންނަވާ މީހަކަށް އެންގުން.
  6. މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި ކުންފުނިން އަންގާ މަސައްކަތްތައް ކުރުން.

 ހުށަހަޅަންޖެހޭ ލިއުންތައް

  • ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ)
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • އެއްގަމުގައި ދުއްވާ ތަކެތީގެ ލައިސެންސް ކޮޕީ
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ޕޮލިސް ރިޕޯޓު
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
  • ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

  • 2017 ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން:

  • މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސްތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދު އަށެވެ.
  • ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުކުރާނީ ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.
05 ޑިސެންބަރު 2017
ހޯދާ