އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް

ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް

                              މި ސްކޫލުގެ ކެންޓީނު، ކުރިއަށްއޮތް 2 އަހަރު ދުވަހަށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި، ނަންބަރ AS-B/IU/2017/70     (21 ނޮވެމްބަރ 2017) އިއުލާނަށް އަންދާސީ ހިސާބު ހުށައެޅުމަށް ހާޟިރުވީ އެއްމެ ފަރާތުން ކަމަށް ވާތީ އެ އިޢލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، ކެންޓީނު ހިންގުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

13 ޑިސެންބަރ 2017 (ބުދަ) ދުވަހުގެ 11:00 އަށް

18 ޑިސެންބަރ 2017 (ހޯމަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3325762, 3321346 ނަންބަރު ފޯނާއެވެ.

17 ރަބީޢުލްއައްވަލް  1439

05 ޑިސެންބަރު 2017
ހޯދާ