ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
2018 ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

2018 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.  

މިމަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތަން

ތާރީޚް

މަޢުލޫމާތު ދިނުން

ޝަމްސުއްދީން ސްކޫލް

13 ޑިސެމްބަރ 2017 ވާ ބުދަ ދުވަހު 11:00 ގައި

އަންދާސީ ހިސާބު ހުށަހެޅުން

ޝަމްސުއްދީން ސްކޫލް

21 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހު 11:00 ގައި

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ގުޅުއްވާނީ 6895733 ނަންބަރު ފޯނާއެވެ. 

05 ޑިސެންބަރު 2017
ހޯދާ