މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކ. މަނިޔަފުށީގެ ކަރަންޓު ވިއުގަ އެޅުމުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދުން

ކ. މަނިޔަފުށީގެ ކަރަންޓު ވިއުގަ އެޅުމުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)30-C/30/2017/175  އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ފާޅު ކޮށްފައި ނުވާތީ މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ޑިސެންބަރ 2017 ވާ ހޯމަ ދުވަހުގެ 10:30 އަށް ޕްރޮޕޯސަލް ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 އިތުރު މައުލޫމާތު ހޯދެއްވުމަށް 3339239 ، 3322242 ނަންބަރާ ގުޅުއްވުން އެދެމެވެ.

ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް

  1.  ކ. މަނިޔަފުށީގެ ކަރަންޓް ވިއުގައާ ގުޅޭ ގޮތުން ބޭސިކް ޑިޒައިން ސްޓަޑީއެއް ހެދުމުގެ ފަހުން ރަށުގެ ބިން ބޭނުން ކުރެވޭ ގޮތަށް ބަދަލު އައުމާ ގުޅިގެން އެ ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓަށް ގެންނަންޖެހޭ ބަދަލު ގެނައުން.
  2. މިހާރު ޑިޒައިން ކޮށްފައިވާ ކަރަންޓު ވިއުގައަށް ގުޅާލެވޭ ގޮތަށް އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ޑިޒައިން ކުރުން.
  3. ކ. މަނިޔަފުށީގެ ކަރަންޓް ވިއުގަ އެޅުމަށް  ކުރިމަތިލާ ފަރާތްކަށް ވިއުގައާ ބެހޭ މައުލޫމާތު، ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓާއި އެރިޕޯޓަށް  ގެންނަ އިސްލާހުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދިނުން.
  4. ކަރަންޓް ވިއުގެ އަޅާ ފަރާތުން ފޯރުކޮށްދޭ ޕެނަލް ބޯޑާއި، ކޭބަލާއި، ޑިސްޓްރިބިއުޝަން ފޮށިތަކާއި، އެހެނިހެން ސާމާނާއި އިކްޕްމަންޓްތައް  ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓުގައިވާ ސްޕެސިފިކޭޝަންތަކަށް ފެތޭކަން ކަށަވަރު ކުރުމާއި، ވިއުގައާ ގުޅާ އިންޖީނުތައް ރިޕޯޓުގައިވާ ސްޕެސިފިކޭޝަނަށް ފެތޭތޯ ބެލުން.
  5. ކަރަންޓް ވިއުގެ އެޅުމުގެ މަސައްކަތް ސްޕަވައިޒްކޮށް، ކަރަންޓް ވިއުގެ އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓާއި އެރިޕޯޓަށް  ގެންނަ އިސްލާހުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން.
  6. ކަރަންޓް ވިއުގަ އަޅާ ނިމުމުން ވިއުގަ އެޅިފައިވާ ގޮތުގެ ކުރެހުމެއް ތައްޔާރުކުރުން.
  7. ކަރަންޓް ވިއުގަ ޓެސްޓްކޮށް، ރަނގަޅުތޯ ބަލައި، ވިއުގަ އެޅުމުގެ މަސައްކަތް ބަލައިގަތުމާ މެދު ލަފާ ދިނުން.

އަގު ހުށަހެޅުން

ކޮންސަލްޓަންސީ މަސައްކަތަށް އަގު ހުށަހަޅާނީ ތިރީގައިވާ މަސައްކަތްތަކުގެ އަގު ވަކިވަކީން އެނގޭ ގޮތަށެވެ.

  1. ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓަށް ބަދަލު/އިސްލާހު ގެނައުމާއި، ވިއުގަ އެޅިފައިވާ ގޮތުގެ ކުރެހުން ތައްޔާރުކުރުމާއި، ވިއުގަ ޓެސްޓްކުރުމުގެ އަގު (މަސައްކަތް 1، 2،  6، 7)
  2. މައުލޫމާތު ދިނުމުގެ ޖަލްސާގައި ބައިވެރިވުމުގެ އަގު (މަސައްކަތް 3.  މަދުވެގެން 3 ޖަލަސާ ބާއްވަން ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ.)
  3. ސްޕެސިފިކޭޝައްތައް ޗެކުކުރުމުގެ އަގު (މަސައްކަތް 4)
  4. މަސައްކަތް ސްޕަވައިޒްކުރުން (މަސައްކަތް 5)

 

އެހެނިހެން މައުލޫމާތު

  • ކަރަންޓް ވިއުގަ އެޅުމުގެ މަސައްކަތް ނިންމާ ލެވޭނެ ކަމަށް ލަފާކުރެވެނީ 3 މަސްދުވަހުންނެވެ.
  • މަނިޔަފުށްޓަށް ކުރަންޖެހޭ ދަތުރުތައް މި މިނިސްޓްރީން ހަމަޖައްސައި ދެވޭނެއެވެ.
  • ·         ކޮންސަލްޓަންޓަކީ ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓުގައި ބުނާ ފަދަ ޖަނަރޭޓަރާއި ޕެނަލް ބޯޑު ބަހައްޓައި، ކަރަންޓް ވިއުގަ އެޅުމަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ލައިސަންސް ދީފައިވާ ފަރާތަކަށް ވާންވާނެއެވެ.

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70 )
  • ތަޖުރިބާއަށް 30 ޕޮއިންޓް (މިފަދަ ނުވަތަ މިބާވަތުގެ އެހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތުކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239  ނުވަތަ 3322242 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

05 ޑިސެންބަރު 2017

05 ޑިސެންބަރު 2017
ހޯދާ