މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ މަސްމާރުކޭޓް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ނަމްބަރު:(IUL)297/INDIV/2017/82

 

އިޢުލާން

މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިރަށު މަސްވެރިންގެ ހިޔާ ( މަސް މާރުކޭޓް ) ސާފްކޮށް ބަލަހައްޓާ ކަރުގޮހޮރުތައް ކަނޑަށްއަޅައިދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް -/5500 (ފަސްހާސް ފަސްސަތޭކަރުފިޔާ) އަށްވުރެ ބޮޑުނޫން އަގަކަށް 1 (އެކެއް) އަހަރުދުވަހުގެމުއްދަތަށް އަމިއްލަތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ކުރާފަރާތަކަށް މާރުކޭޓަށް މަސްއަރުވާ މިރަށުގެ ކޮންމެ ދޯންޏަކުން މަސް އަރުގެއެއް ލިބޭނެއެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ހޯމަ

11 ޑިސެމްބަރ 2017

10:30

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ހޯމަ

18 ޑިސެމްބަރ 2017

10:30

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަސައްކަތް ހަވާލުކުރުމުގައި ކުރިން މިމަސައްކަތް ކުރިފަރާތްތަކުން މަސައްކަތް ކޮށްފައިވާގޮތަށް ބެލޭނެއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

90%

  • ހިދުމަތުގެ އަގަށްދޭ މާރކްސް
  • މާރކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

15 ރަބީއުލްއައްވަލް 1439

  3 ޑިސެމްބަރ 2017

04 ޑިސެންބަރު 2017
ހޯދާ