ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގެ ނަން ބޯޑު ހެދުން

 

އަންދާސީހިސާބު ބޭނުންވެއްޖެ.

            ހއ.ފިއްލަދޫ މަގުތަކުގައި ނަންބޯޑު ހަދައި ހަރުކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއްޖެއެވެ.   

           މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ދިނުން 12 ޑިސެންބަރު 2017 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫނު ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަމްބަރު: 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވަންވާނެއެވެ. އަދި ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށްއެދި ހުށަހަޅާ އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 14 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާގައެވެ.    

       މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.     

16 ރަބީޢުލްއައްވަލް 1439

04 ޑިސެންބަރު 2017

04 ޑިސެންބަރު 2017
ހޯދާ