ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި އެޅުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހުގެ ބަދަލާއި ގުޅޭ

ގދ.ހޯނޑެއްދޫގައި ކުނިކޮށްޓެއް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިހުރި މިކައުންސިލުން 1 އިން 20 އަށް ނަންބަރ ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތަކާއި، 1 ހިރުނދުގަހުގެ ވެރިފަރާތް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)417-ESMS/417/2017/62 (13 ނޮވެމްބަރ 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށް މިއިދާރާއަށް އަންގާފައި ނުވާތީ، އެފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިބިމުގައި ހުރި ރުއްތަކާއި (މިކައުންސިލުން ޖަހާފައިވާ ނަންބަރ 1 އިން 20 އަށް) 1 ހިރުނދުގަހުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ވަށައިގަންނަ ވަކަރުލާ މޮޅު، ފޯދުނު މެދުމިނުގެ، ފޯދުނު ދެރަ، ނުފޯދޭ ބޮޑު، ނުފޯދޭ މެދުމިނުގެ އަދި ނުފޯދޭ ކުޑަ) އާއި ހިރުނދު ގަސް (ވަށަމިން ސެންޓިމީޓަރުން ބަޔާންކޮށް)  އެގޭނޭ ގޮތަށް 10 ޑިސެމްބަރ 2017 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު އެސަރަޙައްދުގެ ޗާޓެއް ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޑިސެންބަރު 2017
ހޯދާ