މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

 

 

އިޢުލާން

ހެލްތް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

އެސިސްޓެންޓް ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު

J-291141

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ

މުއްދަތު

14 (ސާދަ) މަސް

މަޤާމުގެ ރޭންކް

ޖީ.އެސް.4

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފސަރ ގްރޭޑް 2

ޑިވިޜަން / ސެކްޝަން

ޕަބްލިކް ހެލްތް ޕްރިޕެއަރޑްނެސް، ސަރވައިލެންސް އެންޑް އެޕިޑެމިއޮލޮޖީ ޑިވިޜަން / އިންޓަރނޭޝަނަލް ބޯޑަރ ހެލްތް ސެކްޝަން

މަޤާމު އޮތް އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ވަޒީފާ އަދާކުރަންޖެހޭ ތަން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

މުސާރަ

-/5020 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް، އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު މުސާރައިގެ %35.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1.  އިންޓަރނޭޝަނަލް ހެލްތް ރެގިޔުލޭޝަން (އައި. އެޗް. އާރު (2005) އާއި ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކާއި އާންމު ޞިއްޙަތުގެ ޤާނޫނުގެ ދަށުން ޕޯރޓްހެލްތް ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖެއިން ބޭރުންއަންނަ އަދި ފުރާ އުޅަނދުފަހަރަށް ހެލްތް ކްލިއަރެންސް ދިނުމާއި ޞިއްޙީމިންގަނޑުތައް ބެލުމާއި ސެނިޓޭޝަން ސެޓްފިކެޓް އިޝޫކުރުމާއި އަދިވެސް އިންޓަރނޭޝަނަލް ހެލްތް ރެގިޔުލޭޝަންގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  2. އައި.އެޗް.އާރުގެ ދަށުން އެއްޤައުމަކުން އަނެއް ޤައުމަށް ފެތުރޭ ކަމަށް ކަނޑައެޅިފައިވާ ބަލިތައް އުޅޭ ޤައުމުތަކުން އެބަލި ނެތް ޤައުމަށްވާ ދިވެހި ރާއްޖެއަށް ދަތުރު ކުރާ ފަތުރުވެރިންނާއި، ދަތުރުވެރިން އަޅަންޖެހޭ ފިޔަވަޅުތައްއަޅައިފައިވާކަން ކަށަވަރު ކުރުން – މިގޮތުން އަތުގައި ވެކްސިން ޖެހިކަން ކަށަވަރު ކުރާ ވެލިޑް ޔެލޯ ފީވަރ ސެޓްފިކެޓް އޮތްތޯ ޗެކްކޮށް ހަމަޖެހިފައިވާ އުޞޫލުން އަމަލުކުރުން.
  3. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިއެއް ނުވަތަ ދަތުރުވެރިއެއްގެ ކިބައިން ނުރައްކާތެރި ގައިން ގަޔަށް އަރާ ބައްޔެއް ފެނިއްޖެނަމަ ނުވަތަ ހުރިކަމަށް ޝައްކުކުރެވޭނަމަ ހަމަޖެހިފައިވާ އުޞޫލުން މިކަމާއިމެދު އަމަލުކުރުން.
  4. މެލޭރިޔާ އުޅޭ ޤައުމުތަކުން އަންނަ ވައިގެ އުޅަނދު ފަހަރު އެއަރޕޯރޓްސްގައި ޖެއްސުމުގެ 15 މިނެޓް ކުރިން ބޯޓުގެ ކެބިންއާއި ކާގޯ އޭރިޔާ ޑިސް އިންސެކްޓް ސްޕްރޭ ކޮށްފައިވޭތޯ ޖެނެރަލް ޑިކްލަރޭޝަންފޯމް ބަލާ ފިޔަވަޅު އެޅުން.
  5. ސީ ޕޯރޓްގެ ޞިއްޙީ މިންގަނޑުތަކާއި އެއްގޮތުގެވާ ގޮތުގެ މަތިން ސެނިޓޭޝަން އާއި ޞިއްޙަތާއި ގުޅުންހުރި ކަންތައްތައް، ސަރވެއިލަންސް އުސޫލުން ބަލާ ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުއަޅައި ޕޯރޓް ހެލްތް އިސްވެރިންގެ ސަމާލުކަމަށް ގެނައުން.
  6. އާއްމު ޞިއްޙަތުގެ ޤާނޫނާއި އެޤާނޫނުގެދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އެހެނިހެން އިދާރާތަކުން އަމަލުކުރަން ލާޒިމްކުރާ ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޕޯރޓް ހެލްތްގެ ދާއިރާގެ ތެރެއިންކުރުން.
  7. ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް އެހިނދެއްގައި ޑިޔުޓީގައި/ ޝިފްޓް ޑިއުޓީގައި މަސައްކަތްކުރަން ކަނޑައަޅުއްވާ ޕޯޓެއްގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްކުރަން އަންގާ ތަނެއްގައި ކުރުން.

މަޤާމުގެ ޝަރުތުތައް

  1. ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ   12 ޑިސެންބަރު 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތް ގެ ކައުންޓަރއަށެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

2017 ވަނަ އަހަރުގެ ޑިސެންބަރު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ3014326  ނަންބަރު ފޯނަށެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓުންލިބެން ހުންނާނެއެވެ.

 

 

03 ޑިސެންބަރު 2017
ހޯދާ