އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ފޮތެއްގެ ސިފައިގައި (ހާޑް ކަވަރ) ޗާޕްކުރުން

 

 

 

     ނަންބަރު:IUL)32-A2-PR/1/2017/88

 

އިޢުލާން

 

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ފޮތެއްގެ ސިފައިގައި (ހާޑް ކަވަރ) ޗާޕްކުރުން

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 2008، މި އޮފީހުން ދޭ ނަމޫނާއަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި ފޮތެއްގެ ސިފައިގައި (ހާޑް ކަވަރ) ޗާޕްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް މި އޮފީހުން ކުރި ނަންބަރު:           (IUL)32-A2-PR/1/2017/87 (21 ނޮވެންބަރު 2017) އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޑިސެންބަރު 06 ވާ ބުދަ ދުވަހުގެ 13:00 އަށް މިއޮފީހަށް ވަޑައިގެން މަޢޫލުމާތު ސާފުކުރެއްވުމަށްފަހު، 2017 ޑިސެންބަރު 11 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

 

15  ރަބީޢުލްޢައްވަލް  1439

 

 

 

03 ޑިސެންބަރު 2017
ހޯދާ