ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
2018 ވަނަ އަހަރަށް ޕްރީސްކޫލް ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމާބެހޭ

2018 ވަނަ އަހަރު މި ސްކޫލުގެ އެލް. ކޭ. ޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކޮނޑޭ ސުކޫލުން މިއިޢުލާނުގައި އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓުގައި ހިމެނޭ ޕްރީސުކޫލް ދަރިވަރުންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވޭނެ އަގަކާއި އެކު 10 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 14:00 އަށް ކޮނޑޭ ސުކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަމަށް މާރކްސް ދިނުމަށް ނިންމަވާފައިވާގޮތް:

1. އަގަށް - 70 މާރކްސް

2. މުއްދަތަށް - 30 މާރކްސް

މާރްކްސް ދޭއިރު މާރކްސް ދޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގަކީ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗް މާކެއް ކަމުގައި ބަލައިގެންނެވެ.

ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ކުންފުންޏެއް ނުވަތަ ވިޔަފާރިއަކުން ހާޒިރުވާނަމަ، ހާޒިރުވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 6820097 ނަންބަރު ފޯނާއެވެ.

 

03 ޑިސެންބަރު 2017
ހޯދާ