އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ޕްރީސްކޫލަށް އިންޓަރނޭޝަނަލް ސިލަބަހެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން:

 

މި ކައުންސިލްގެ ފަރާތުން ހިންގާ ރަސްދޫ ޕްރީސްކޫލްގެ ދަރިވަރުންނަށް ބޭބީ ނާސަރީން ފެށިގެން އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީގެ ކްލާސްތަކާ ހަމައަށް ކިޔަވައިދޭނެ އިންޓަރނޭޝަނަލް ސިލަބަހެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް ޝައުޤްވެރިވާ ފަރާތްތަކުން 2017 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެއެވެ. މަޢުލޫމާތު ހުށަހެޅުމާއި ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި ފަރާތެއް ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ޖެހޭނެއެވެ.

05 އޮކްޓޫބަރު 2017
ހޯދާ