ހިމަންދޫ ސްކޫލް، އ.އ. ހިމަންދޫ
ދިވެހިރާއްޖެ
ޕްރައިމަރީ ޓިޗަރ

މަޤާމް:                            ޓީޗަރ ޕްރައިމަރީ

މަޤާމް ނަންބަރ:                      J 284459

ބޭނުންވާ އަދަދު:                      1

ވަޒީފާއޮތް އޮފީސް:                     ހިމަންދޫ ސްކޫލް

ގިންތި :                          ދާއިމީ            

ކްލެސިފިކޭސަން:                    ސްކޫލް ޓީޗަރ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :         ހިމަންދޫ ސްކޫލް / ސެކްޝަން B

މުސާރަ:                          -/7070 ރުފިޔާ އާއި -/10640 ރުފިޔާ އާއި ދެމެދު

ސާރވިސް އެލެވެންސް:                 -/2500 ރުފިޔާ

އިތުރު އިނާޔަތް:                  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                            2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                            3. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންއިތުރުގަޑީގެ ފައިސާ.

                            4. އެޑިޔުކޭސަން ކޮލިފިކޭސަން އެލަވަންސް

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް

މުސާރައިގެ %

ސަނަދު

30%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ނުވަތަ އެއަށްވުރެ މަތީސަނަދެއް އޮތުން.

25%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން.

15%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން.

 

                                

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1. ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ޙާޞީލްވާގޮތަށް ކްލާހުގަޔާއި ކްލާހުންބޭރުގައި ކޔަވައިދިނުމާއި، ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން

2. ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ޙާޞިލްވާ ގޮތަށް ލެސަންޕަލޭން ތައްޔާރުކުރުން

3. ދަރިވަރުންނަށްބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރ ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން

4. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި، ޔުނިޓްޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރު އަދި މިނޫނަސް ދަރިވަރުންނަށް ޙާޞިލްވި ނުވަތަ ކުރިއެރުން ވަޒަން ކުރުމަށް ބާއްވާ ޓެސްޓް ތަކުގެ ޕޭޕަރުތައް މާކްކުރުން

5. ދަރިވަރުން ޙާޞީލްކުރާއި މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން

6. ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން

7. ކްލާހުގައާއި ކްލާހުންބޭރުގައި ސްކޫލުގެ ޙަރަކާތް ތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚުލާޤީ ކަންތައްތައް ބެލެހެއްޓުން.

8. ޕޭރެންޓްޓީޗަރ މީޓީންތަކުގައި ބައިވެރި ވުމާއިދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތުދިނުން 

9- ދަރިވަރުންގެ ކުރިއެރުމާއި ބެހޭ ގޮތުން ބެލެނިވެރިންނާއި ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން

10- ކުލާހުން ބޭރުގައި ހިންގާ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެއްބާރުލުންދިނުން

11- ދަރިވަރުންގެންގުޅޭ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި އަމާންކަން ލިބިގެންވާ މާހައުލެއްކަން ކަށަވަރުކުރުން

12- ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑި ތައް ޙާޞިލްވަމުންދާކަމާއި ދަރިވަރުންގެ ކިބައިގާ ދީނީ އަދި ރަނގަޅު އަޚުލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރު ކުރުން

13- ރިލީފް ގަޑި ނެގުން

14- ސްކޫލްގައި ހިންގާ ކްލަބު ހަރަކާތްތައް ހިންގުން

15- ކިޔަވައިދޭ މާއްދާ އާއިގުޅގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން.

16- ސްކޫލުގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން

17- މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ދާއިރާގެ މުއައްސަސާ ތަކުން ބާއްވާ ޙަރަކާތް ތަކުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތު ތަކުގައި ބައިވެރިވުން

18- ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްރީ އޮފް އެޑިޔުކޭޝަނުން ކުރައްވާ މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ  އެމަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުން

19- ކޮންޓެކްޓް ގަޑީގެ ގޮތުގައި ހަފުތާއަކު މަދުވެގެން 35 މިނިޓްގެ 25 އާއި 30 އާއި ދެމެދުގެ ގަޑި ނުވަތަ 45 މިނިޓްގެ 20 އާއި 25 އާއި ދެމެދުގެ ގަޑި ނެގުން

20- ޓީޗަރެއްގެ ޙައިސިއްޔަތުން ހަވާލުކުރެވޭ އެންމެހާ ޒިންމާތައް އަދާކުރުން

 

 

މަޤާމުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، އަސާސީ ޝަރުތާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް

 

މަޤާމުގެ ނަން: ސީނިއަރ ޓީޗަރ

މުސާރަ: -/10640 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS15-5

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

       

 

މަޤާމުގެ ނަން: ސީނިއަރ ޓީޗަރ

މުސާރަ: -/10320 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS15-4

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

       

 

މަޤާމުގެ ނަން: ސީނިއަރ ޓީޗަރ

މުސާރަ: -/10100 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS15-3

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

  • ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.
       

 

މަޤާމުގެ ނަން: ސީނިއަރ ޓީޗަރ

މުސާރަ: -/9910 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS15-2

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިއޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ވެލިޑޭޓްކޮށްފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ
  • ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުގެ ޝަރުޠު ފުރިހަމަވުން
       

 

މަޤާމުގެ ނަން: ޓީޗަރ

މުސާރަ: -/9850 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS13-5

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

       

 

މަޤާމުގެ ނަން: ޓީޗަރ

މުސާރަ: -/9360 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS13-4

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

       

 

މަޤާމުގެ ނަން: ޓީޗަރ

މުސާރަ: -/8890 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS13-3

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

       

 

މަޤާމުގެ ނަން: ޓީޗަރ

މުސާރަ: -/8440 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS13-2

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

ކިޔަވައިދިނުމުގެ  ރޮނގުން  ނުވަތަ  ކިޔަވައިދޭ  މާއްދާއަކުން  ދިވެހިރާއްޖޭގެ ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 7  ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން

       

 

މަޤާމުގެ ނަން: ޓީޗަރ

މުސާރަ: -/8250 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS11-5

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން

       

 

މަޤާމުގެ ނަން: ޓީޗަރ

މުސާރަ: -/7840 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS11-4

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން

       

 

މަޤާމުގެ ނަން: ޓީޗަރ

މުސާރަ: -/7450 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS11-3

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން

   
       

 

މަޤާމުގެ ނަން: ޓީޗަރ

މުސާރަ: -/7070 ރ

ސަރވިސް އެލަވަންސް: -/2500 ރ

ސިވިލް ސަރވިސް ރޭންކް: CS11-2

ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

ކިޔަވައިދިނުމުގެ  ރޮނގުން  ދިވެހިރާއްޖޭގެ ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން

   
   
   
       

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން ބަލައިގެން

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3.  ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.   

އިންޓަރވިއު ކުރުން

   ތަން: ހިމަންދޫ ސްކޫލް

   ތާރީޚް: އިންޓަވިއު ބާއްވާނެ ގަޑިއާއި ތާރީހް 1 ދުވަސް ކުރިން އަންގާނެއެވެ.

   އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމް ހިމަންދޫ ސްކޫލް ނުވަތަ ސިވިލް ސަރވިސް ސައިޓް csc.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-    ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-    ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6-    ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7-    ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8-    މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން.

       (ށ) އަމިއްލަ ކުންފުންޏެއްގެނުވަތައަމިއްލަ އިންސްޓިޓިއުޓެއްގެނުވަތައަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ( ހުށަހަޅުއްވާ ކޮންމެ ކޮޕީއެއްގައި މިސްކޫލުން އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާނަވާނެއެވެ. )

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ   އއ. ހިމަންދޫ ސްކޫލަށް

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 12 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

-       ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހިމަންދޫ ސްކޫލް ގެ ނަންބަރު 6660842 ފޯނަށް ގުޅުއްވުން އެދެމެވެ.  

29 ނޮވެންބަރު 2017
ހޯދާ