ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަކު ބޭނުންވެއްޖެ

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :2

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ލޭބަރ 

ބޭނުންވާ އަދަދު: 02 (ދޭއް)

އަސާސީ މުސާރަ: -/3240 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ވިލިމާލެ ފާމަސީ ، އެސްޓީއޯ ހެންވޭރު ފާމަސީ / މެޑިކަލް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1500 ރުފިޔާ އާއި، -/2100 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • މުދާ ލޯޑުކުރުމާއި އަންލޯޑްކުރުން
  • ދުވަހުން ދުވަހަށް ގުދަން ސާފުކުރުން
  • މުދާ ހަރުތަކުގައި އެތުރުމާއި މުދާ ދޫކުރުމުގައި އެހީތެރިވުން

ފެންވަރު ނުވަތަ ޝަރުތު

  • އަސާސީ ތައުލީމުގެ ފެންވަރު ހުރުނަ
  • ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން

އެހެނިހެން ހުނަރު

  • ސިއްހަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެމީހަކު ކަމުގައިވުން
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން
  • ވަގުތައް ފަރުވާތެރި މީހެއްކަމުގައިވުން
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރ 05 ވާދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344245 / އީމެއިލް އެޑްރެސް:[email protected]

 

28 ނޮވެމްބަރ 2017

 

28 ނޮވެންބަރު 2017
ހޯދާ