ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ އެނަލިސްޓް ފޮރ އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

c

 

 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

މާލެ، ދިވެހިރާއްޖެ

 (IUL) 164/1/2017/64 ނަންބަރު:            

ސޮފްޓްވެއަރ އެނަލިސްޓް ފޮރ އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން އީ-ސަރވިސް ޑިވަލޮޕްމަންޓް ޕްރޮޖެކްޓްގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލް، މަސައްކަތައް ޝައުޤުވެރިކަންހުރި ސޮފްޓްވެއަރ އެނަލިސްޓްއެއް ހޯދަން ބޭނުންވެއެވެ.

 

 

ބޭނުންވާ އަދަދު:

02 (ދޭއް)

 

 

މަސައްކަތުގެ މުއްދަތު:

1 އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

 

 

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 00:04 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

 

 

އުޖޫރަ:

މަހަކު 12,000/- ރުފިޔާ

 

 

ފެންވަރު/ޝަރުތު

  1. މަޤާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން.

(މި މަޤާމަށް މީހުން ހޮވުމުގައި މަޤާމާއި ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލް ކޮށްފައިވާ ކެންޑިޑޭޓުން އަދި ސޮފްޓްވެއަރ ރިކުއަރމަންޓް ޑޮކިއުމަންޓް ތައްޔާރުކުރުމާއި ސޮފްޓްވެއަރ ޓެސްޓް ކުރުމުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ.)

 

(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

 

 

 

މައިގަނޑު މަސައްކަތްތައް:

  1. ސިސްޓަމް ތައްޔާރުކުރުމަށް ބޭނުންވާ ޓެކްނިކަލް ރިކުއަރމަންޓް ލިޔެ، ޚިދުމަތް ދެވޭ މިންވަރު އަވަސްކޮށް ޚަރުދަނާކުރުމަށް ސިސްޓަމް ރީ-އެންޖިނިއަރ ކުރުމާއި ރީ-ޑިޒައިންކުރަން އެނގުން.
  2. ތައްޔާރުކުރާ ސިސްޓަމަށް މީހުން އަހުލުވެރިކުރުމަށް ބޭނުންވާ ޓްރޭނިންގ މެޓީރިއަލް ތައްޔާރުކޮށް ސިސްޓަމް ރޯލްއައުޓްކުރުން.
  3. އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

 

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޑިސެންބަރ 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށެވެ. އެޕްލިކޭޝަން އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3344004 އެވެ. އެޕްލިކޭޝަން އާއިއެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3344004 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

         

 

                                 29 ނޮވެންބަރ 2017

 

 

29 ނޮވެންބަރު 2017
ހޯދާ