މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުމަށް

ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުމަށް

މިކޯޕަރޭޝަނުން 26 ނޮވެމްބަރ 2017 ގައި ކުރި ނަންބަރު: SportsCo/IUL/2017/39 އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެކަށީގެންވާ ވަރަށް ބޭފުޅުން ވަޑައިގެންފައި ނުވުމުން، އެ އިއުލާން ބާތިލް ކޮށް އަލުން އިއުލާން ކުރަމެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، މުޖުތަމައުގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ހަމަހަމަ ކަމާއި އެކު ހޯދާދެވިފައި ނުވާ ފަރާތްތައް ޝާމިލް ވާނެގޮތަށް ކުޅިވަރު ހަރަކާތްތައް ހިންގާ ފަރާތްތަކަށް ފަންނީ ގޮތުން އެހީތެރިކަން ހޯދައިދިނުމުގެ މަޤްޝަދުގައި މިކޯޕަރޭޝަނުން 31 ޑިސެމްބަރު 2017 ވަނަ ދުވަހުގެ ހަވީރު 1630 އިން 1 ޖެނުއަރީ 2018 ވަނަ ދުވަހުގެ ހަވީރު 1600 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ " މައިލްސް ފޮރ ސްމައިލްސް " – 24 ގަޑިއިރަށް ދެމިގެންދާ ދުވުން ކުރިއަށްދާއިރު އެކުވެނި ޓްރެކް ސަރަޙައްދުގައި، ކެންޓީނެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރު 4 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އަށް ރަސްމީ ބޯޅަ ދަނޑުގައި ހުންނަ މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 2017 ޑިސެމްބަރ 7 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަގުހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ނުވާ ކަމުގައިވެސް ދެންނެވީމެވެ.  

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (ހެނދުނު 8:00 އިން މެންދުރު ފަހު 3:00އަށް) މިކޯޕަރޭޝަންގެ ނަންބަރ 3336725 ފޯނަށެވެ. 

29 ނޮވެންބަރު 2017
ހޯދާ