މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންނާ އެވޯޑް 2018

ތަފާތު ދާއިރާތަކުން ދިގުމުއްދަތަކަށް ބ.އަތޮޅަށް އަދި ގައުމަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށާއި، 2016 އަދި 2017 ވަނަ އަހަރު ބ.އަތޮޅަށް ފަޚްރުވެރި ވަނަތައް ހޯދާދީފައިވާ ފަރާތްތަކަށާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓްތަކަށާއި، ގެސްޓް ހައުސްއަކަށް އަދި އެންމެ ހިންގުންތެރި 03 ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، އެންމެ ޚިދުމަތްތެރި ކްލަބް ޖަމިއްޔާއަކާއި، ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން ( ޕޭރެންޓް ޓީޗަރ އެސޯސިއެޝަން / ޕީ.ޓީ.އޭ ) ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ދެވޭ "ރަންނާ އެވޯޑް " 2018 އަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ. މި އެވޯޑް ދެވޭނީ ތިރީގައިވާ މައިގަނޑު 6 ދާއިރާއަށެވެ.

  1. ޝަރަފްވެރިކަމުގެ އެވޯޑް
  2. ހިތްވަރުދިނުމުގެ އެވޯޑް 
  3. ކައުންސިލުންދޭ ޚާއްޞަ އެވޯޑް
  4. މަތީ ދަރަޖަ ހޯދާފަރާތްތަކަށް ކައުންސިލުންދޭ ޚާއްޞަ އެވޯޑް
  5. ޚާއްޞަ ޚިދުމަތުގެ އެވޯޑް
  6. ހިންގުންތެރިކަމުގެ އެވޯޑް

ވީމާ، މި އެވޯޑަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 ޑިސެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، އެބޭފުޅަކު އެވޯޑަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ދާއިރާއަކާގުޅޭ ފޯމް ފުރުއްވުމަށްފަހު މިއިދާރާއަށް، ނުވަތަ މިއަތޮޅުގެ ރަށު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެވޯޑަށް ކުރިމަތިލައްވަން އެދޭ ފޯމާއި އެކު އެވޯޑްތަކަށް ކުރިމަތިލެވޭ ދާއިރާތަކާއި ކުރިމަތިލުމުގައި މިކައުންސިލުން ބަލާނެ މިންގަޑުތައް ހިމަނާ، ތައްޔާރު ކުރެވިފައިވާ "ރަންނާ އެވޯޑް ދިނުމުގެ ސިޔާސަތު 2018" މިއިދާރާގެ ކައުންޓަރުންނާއި، ރަށުކައުންސިލަތަކުގެ އިދާރާތަކުން ލިބެންހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ މިއިދާރާގެ 6608300 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                        10  ރަބީޢުލްއައްވަލު  1438 

                        28     ނޮވެމްބަރ  2017         

                                                                    ޚާދިމްކުމް

    

                                                                  މަބުރޫކް ނަޞީރު                                                                   ބ. އަތޮޅު ކައުންސިލުގެ ރައީސް  

28 ނޮވެންބަރު 2017
ހޯދާ