ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 ނ.އަތޮޅު މަދަރުސާ

ނ.މަނަދޫ، ދިވެހިރާއްޖެ

 

 

ވަޒީފާގެ ފުރުޞަތު

ނަމްބަރ 35/2017/GS-35

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

 1 ( އެކެއް )

މަޤާމްގެ ގިންތި

ވަގުތީ

މަޤާމްގެ ރޭންކް

ޖީއެސް 3 ( ތިނެއް )

މަޤާމްގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ސެކްޝަން

އެޑްމިން ސެކްޝަން

މަޤާމްއޮތް އޮފިސް

ނ.އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރަންޖެހޭތަން

ނ.އަތޮޅޫ މަދަރުސާ

މަޤާމުގެ އަސާސީ މުސާރަ:

މަހަކު  -/4465 ރުފިޔާ           

ސާވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 

މާޤާމުގެ ޝަރުތު

 ވަޒީފާގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށް ދިނުމާއެކު ސިވިލް ސަރވިސްގެ ގަވައިދުގައިވާ ގޮތުގެ    ގޮތުގެމަތިން ތިރީގައިމިވާ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވުން.

 

    އެޑްމިނިސްޓްރޭޝަން/މެނޭޖުމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ  ސަނަދެއް ހާސިލުކޮށްފައި ވުން.

ނުވަތަ

   ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން  ' ސީ ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް :

 

1- ސްކޫލަށް އަންނަ ހުރިހާ ސިޓީ،މެސެޖު،ބިލް އަދި އެހެނިހެން ލިޔެކިޔުން ބަލައިގަތުމާއި، އެންޓްރީ ކުރުން

2- މުވައްޒަފުންގެ އަހަރީ ޗުއްޓީއާއި ސަލާމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

3- ކޮންމެ މަހެއްގެ މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކުރުން

4- ސްޓޮކް ބެލެހެއްޓުމާއި އިންވެންޓްރީ ބެލެހެއްޓުން

5- އޯލެވެލް އިމްތިހާނުގެ އިދާރީ ގޮތުން ކުރަންޖެހޭ  މަސައްކަތްކުރުން.

6- ސްކޫލަށް ބޭނުންވާ ލިޔެކިޔުމުގެ ތަކެތީގެ ސްޓޮކް ހުސްވުމުގެ ކުރިން  ބަޖެޓާ ހަވާލުވެ ހުންނެވި

   ފަރާތަކަށް އަންގައިގެން ހޯދުމުގެ މަސައްކަތް ކުރުން

7- މުވައްޒަފުންގެ ޕާސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިތުރުވާމުވައްޒަފުންގެ ޕާސަނަލް

   ފައިލުތައް ތައްޔާރުކުރުން.

8- މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

9 - ސްކޫލަށް ވަންނަ ދަރިވަރުންގެ ފޯމްތައް ބަލައިގަތުމާއި، ދަރިވަރުން ރަޖިސްޓްރީއަށް އެރުވުން.

10- ސްކޫލުން ވަކިވާ ކުދިންގެ ލީވިންސެޓްފިކެޓް ތައްޔާރުކުރުން.

11- ޔައުމިއްޔާ ލިޔެބެލެހެއްޓުން

12- އެކިއެކި ބައްދަލުވުންތަކަށް ދެންނެވުމާއި، އަންގަންޖެހޭ އެންގުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ

     ފަރާތްތަކަށްފޮނުވުން.

13- ސްކޫލުގައި ބޭއްވޭ އެކި އެކި މުބާރާތްތަކާއި ޓެސްޓް ތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ސެޓްފިކެޓްތައް

    ޑިޒައިން ކުރުމާއި  ތައްޔާރު ކުރުން.

14- ސްކޫލުން ޙާޟިރުވުމަށް އަންގާ ބައްދަލުވުންތަކަށް ގަޑިނުޖެހި ބަރާބަރަށް ހާޟިރުވުން.

  

އުޖޫރައާއި ޢިނާޔާތްތައް:

 - އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެފައިސާ

-  ސިވިލްސަރވިސް ގެ މުވައްޒަފުންނަށް ދިނުމަށް ސިވިލްސަރވިސް އިން ކަނޑައަޅުއްވާފައިވާ  

   އެލަވަންސް ، އާއި ޢިނާޔަތްތައް.

-  ސިވިލްސަރވިސްގެ މުވައްޒަފުންނާއިބެހޭ ގަވާއިދުގައިވާ ގޮތުގެމަތީން ވަޒީފާ އާއި، މުސާރައިގެ ކުރިއެރުން.  

  

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި

 މިވަޒީފާއަށް ޝަރުތު ހަވާ  ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 04 ޑިސެމްބަރ  2017 ވާ ހޯމަ  ދުވަހުގެ  14:00 ގެކުރިން ނ.އަތޮޅު މަދަރުސާއަށް  ހުށަހެޅުން އެދެމެވެ.

ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯރމް ރަސްމީގަޑީގައި ނ.އަތޮޅު މަދަރުސާގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.   

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

   ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން،

   ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް

   އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެކޮޕީ

   ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ

   ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ

   މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް

   ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު

   ކުރެއްވޭނޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

   (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

   ޕްރޮގްރާމްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

   (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ހިންގާ ކޯސްތަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ

6- ފުރިހަމަކޮށްފައިވާ،ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން

  ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ

8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ

   ކޮޕީ

   (ހ) ސިވިލް ސަރވިސް އިން ބޭރުވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާއެއް އަދާކުރި

   މުއްދަތާއި، ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓީއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި

   ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ

   ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކކޮށްފައިވާ ލިޔުން.

 

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

1- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ބެލުމަގެ ގޮތުން އިންޓަރވިއު ކޮށްގެން.

  މިމަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން  %75 ލިބެންވާނެއެވެ.

 

ވަޒީފާގެ އިންޓަވިއު އޮންނާނެ ތަން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އިޢުލާނުގެ މުއްދަތު ހަވާތާ 10 ދުވަހުގެ ތެރޭގައި ނ.އަތޮޅު މަދަރުސާގައި ބޭއްވޭނެއެވެ.

މިވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތިލާފައިވާ

ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. އެންމެ މަތިން މާކުސްލިވޭ ފަރާތަކަށް މިމަޤާމް ހަމަޖައްސައި ދެވޭނެއެވެ. 

 

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ : 6560003 ނަމްބަރުފޯނާ އެވެ.

     

                      

09 ރަބިޢުލްއައްވަލް 1439

28  ނޮވެމްބަރ  2017  

28 ނޮވެންބަރު 2017
ހޯދާ