މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

މި މިނިސްޓްރީއާއި  މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-270613

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

MS 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

މިނިސްޓްރީ އެޗް-އާރ މެނޭޖްމަންޓް އެންޑް ޓްރައިނިންގ

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

މުސާރަ:

މަހަކު -/6295  ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ސިވިލް ސަރވިސްއާއި، އަދި އެހެނިހެން ގޮތްގޮތުން އޮފީހަށް ލިބޭ ތަމްރީން ކޯސްތަކުގައި މުވައްޒަފުން ބައިވެރިކުރުވުން.
  2. ރާއްޖެއިން ބޭރުގައި މީހުން ބިނާކުރުމަށް ފުރުޞަތުލިބޭ ކުރު މުއްދަތުގެ ކޯސްތަކަށް މުވައްޒަފުން ފޮނުވުން.
  3. ރާއްޖޭން ހިންގޭ ޚާއްސަ ކުރު މުއްދަތުގެ ތަމްރީން ކޯސްތަކާއި ޓްރޭނިންގތައް އިންތިޒާމްކޮށް ހިންގުން.
  4. އޮފީހުގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސެމިނަރ ވާރކްޝޮޕް ލެކްޗަރތައް އިންތިޒާމްކޮށް ބޭއްވުން.
  5. ތަމްރީނު ކުރެވިފައިވާ މުވައްޒަފުންގެ އެންމެހައި ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުން.
  6. އޮފީހުން އެކިކޯސްތަކުގައި ބައިވެރިކުރާ ފަރާތްތައް ޤާނޫނާ އެއްގޮތަށް ބޮންޑު ކުރުވުމާއި، އެފަރާތްތަކުން ފުރިހަމަކުރަމުންދާ ކޯސްތައް އެގޮތުގެމަތިން ފުރިހަމަ ކުރަމުން ގެންދޭތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އެޅުން.
  7. މުވައްޒަފުންނާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.  
  8. އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ އެންމެހާ ކަންތައްތައް ބަލަހައްޓައި އެޗްއާރއެމްޑީގެ ނިންމުންތައް ތަންފީޒުކުރުން.
  9. ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގެ ދަށުން މުވައްޒަފުންނާ ބެހޭ އެންމެހައި ކަންކަމުގައި ތައްޔާރުކުރަންޖެހޭ އުޞޫލުތައް ތައްޔާރުކުރުން.
  10. އޮފީހުގައި އިންޓަރންޝިޕް ފުރިހަމަކުރުމަށް އެދޭ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައިދީ، ރެކޯޑްތައް ބެލެހެއްޓުން.
  11. މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ ތަންތަނުގެ އިދާރީ އޮނިގަނޑު މުރާޖަޢާކުރުމާއި އައު އިދާރީ އޮނިގަނޑު ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  12. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާ، ވަޒީފާއަށް އަހުލުވެރިކުރުވުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އެންމެހައި މަސައްކަތެއް ހިންގައި ބެލެހެއްޓުން.
  13. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީއާއި އިތުރުގަޑިއާއި އެހެނިހެން އެލަވަންސްތައް ހަމަޖެއްސުމުގެ އެންމެހައި މަސައްކަތެއް ހިންގައި ބެލެހެއްޓުން.
  14. މިނިސްޓްރީގެ މުވައްޒަފުންގެ ރެކޯޑްތަކާއި، ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތަކާއި، ރެކޯޑް ފައިލްތައް ގަވާއިދުން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން.
  15. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންނަށް ދޭން ނިންމާ އެކި އެކި އެލަވަންސްތަކާއި ގުޅޭގޮތުން ހަދަން ޖެހޭ އިޤްރާރްތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  16. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހުރިހާ ތަންތަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް މުސާރަދެވޭ ވަރަށް މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު ބަޖެޓް އެންޑް ފައިނޭންސް ޔުނިޓަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  17. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ ބޭނުމަށް ވަގުތީގޮތުން ލައްވަންޖެހޭ މީހުން ލެއްވުމުގެ އިންތިޒާމްތައް ހަމަޖައްސައި އެކަންކަން ހިންގައި ބެލެހެއްޓުމާއި، ވަގުތީ އަދި ކޮންޓްރެކްޓްގައި ތިބި މުވައްޒަފުންގެ ރެކޯޑްތައް ބަލަހައްޓައި، ރެކޯޑް ފައިލްތައް އަޕްޑޭޓްކުރުން.
  18. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާއި މިޑްއިޔަރ ރިވިއު ހެދުމާބެހޭ ކަންތައްތައް ހިންގާ ބެލެހެއްޓުން.
  19. އޮފީހުގެ ޑިޕާރޓްމަންޓްތަކާއި ޑިވިޜަންތަކާއި ސެކްޝަންތަކުގެ މަޝްވަރާއާއެކު މުޅި އޮފީހުގެ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި އެ ރިކުއަރމަންޓްއާ އެއްގޮތަށް މުވައްޒަފުން ތަމްރީން ކުރުމާއި ތަރައްޤީކުރުމުގެ ކަންތައްތައް ރާވާ ހިންގައި ބެލެހެއްޓުން.
  20. މީގެ އިތުރުންވެސް، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހިމެނޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ އަދި މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ އަދި މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ,
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ އަދި މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ،
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ އަދި މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

   6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 7 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2017 ޑިސެންބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30% (ތިރީސް އިންސައްތަ).

އިތުރު މަޢުލޫމާތު ހޯދުން:

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

 

9 ރަބީޢުލްއައްވަލް 1439ހ

27 ނޮވެންބަރު 2017މ 

27 ނޮވެންބަރު 2017
ހޯދާ