ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

 

ފެކަލްޓީ އޮފް އާޓްސް

ނިކަގަސް މަގު، މައްޗަންގޮޅި

މާލެ، ދިވެހިރާއްޖެ     

ފޯން:3345177(960)

ފެކްސް:3306075(960)

mnu.edu.mv. www

                                                                                ނަންބަރ: 153-FA/2017/09

އިޢުލާން

"ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން"

މި ފެކަލްޓީން މާލޭ ކެމްޕަހުގައި ފަރާތުން ހިންގާ ކޯސްތަކުގެ ތިރީގައިވާ ދާއިރާތަކަށް ކިޔަވައި ދެއްވާނެ ޕާޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއެވެ.

 

ދާއިރާތައް:

  • ޕޮލިޓިކަލް ސައިންސް
  • އިންޓަރނޭޝަނަލް ރިލޭޝަންސް
  • ވިޜްއަލް އާޓްސް
  • ޖާނަލިޒަމް     
  • ލިންގްއިސްޓިކްސް
  • ލައިބްރަރީ ސައިންސް
  • ދިވެހި ބަހާއި ޘަޤާފަތް
  • ދިވެހިބަސް
  • އިނގިރޭސި ބަސް
  • ކްރިއޭޓިވް ރައިޓިންގ
  • ކޮމްޕިޔުޓަރ އެޕްލިކޭޝަން
  • ހިސްޓްރީ
  • ކްރިޓިކަލް ތިންކިންގ

 

ޝަރުޠު:

  • ކިޔަވައި ދޭން ހުށަހަޅާ ދާއިރާއިން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 10 ،9 ،8 ،7 ،6 ،5 ގެ ސަނަދެއް ޙާޞިލު ކުރައްވާފައިވުން.
  • ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ކިޔަވައިދޭނެ މާއްދާ ކަނޑައެޅޭނީ ސަނަދުގެ ލެވެލްއަށް ބަލާފައެވެ.

 

އުޖޫރަ:  - ނަންގަވާ ކޮންމެ ގަޑިއަކަށް

  • 0 ލެވެލް އަދި 100 ލެވެލް : -/200 ރުފިޔާ
  • 200 ލެވެލް : -/225 ރުފިޔާ
  • 300 ލެވެލް : -/275 ރުފިޔާ
  • 500 ލެވެލް : -/500 ރުފިޔާ           

      - މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާނު ކަރުދާހަކަށް -/35 ރުފިޔާ

 

                މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 9 ޖަނަވަރީ ދުވަހުގެ 14:00 ގެ ކުރިން، މި ފެކަލްޓީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

 

އެޕްލިކޭޝަނާއެކު ހުށައަޅުއްވަން ޖެހޭ ލިޔުންތައް:

- ކޯސް ނިންމި ކަމުގެ ލިޔުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345177 ނުވަތަ 3345179 ނަންބަރާ ގުޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަކީ މި ފެކަލްޓީގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ. އެހެނީ މި އިޢުލާންގައި ބަޔާން ނުކުރެވޭ ކިތަންމެ ވާހަކައެއް ހުންނާނެތީއެވެ.

25 ޞަފަރު 1439

14 ނޮވެންބަރ 2017

 

                                                                                        

                                                                                                                                                                         ޚާދިމްކުމް

            

 

ޢަބްދުއްރަޝީދު ޢަލީ

        ޑީން

 

ދިވެހިސަރުކާރުގެ ގެޒެޓް

މާލެ، ދިވެހިރާއްޖެ

27 ނޮވެންބަރު 2017
ހޯދާ