މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ހުޅަނގު ދެކުނު ބަނދަރު/ޓީ-ޖެޓީގެ ސަރވިސް އޭރިޔާއިން ކައުންޓަރު ދޫކުރުމާއި ބެހޭ

   މާލޭ ހުޅަނގު ދެކުނު ބަނދަރު/ ޓީޖެޓީގެ ޚިދުމަތް ހޯދާ ބައެއް ފަރާތްތަކުން ކައުންޓަރ ހޯދުމަށް އެދެމުންދާތީ އެފަރާތްތަކަށް ކައުންޓަރު ކުުއްޔަށް ދިނުމަށް މިހާރުވަނީ ހަމަޖެހިފައެވެ. ކައުންޓަރު ދޫކުރެވޭނީ 1 އަހަރު ދުވަހަށް، އަހަރުން އަހަރަށް އެގްރިމެންޓު އާކުރާ ގޮތަށެވެ. ކޮންމެ ފަރާތަކަށްވެސް ދޫކުރެވޭނީ 1 ކައުންޓަރެވެ. ނަމަވެސް ކައުންޓަރު ބާކީ ހުރި ނަމަ 1 ކައުންޓަރަށްވުރެ ގިނަ ކައުންޓަރު ދޫކުރެވިދާނެއެވެ. ކައުންޓަރ ދޫކުރުމަށް ހަމަޖެހިފައިވާ މަހު ފީއަކީ -/2500 (ދެހާސް ފަސްސަތޭކަ) ރުފިޔާއެވެ.

   ވީމާ ކައުންޓަރު ކުއްޔަށް ހިފަން ބޭނުންވާ މާލޭ ހުޅަނގު ދެކުނު ބަނދަރު/ޓީ-ޖެޓީ ސަރަޙައްދުގައި ޚިދުމަތްދޭ ފަރާތްތަކުން އެމް.ޕީ.އެލް ހެޑް އޮފީހަށް ސިޓީއަކުން އެކަން ހުށަހެޅުމަށް ދަންނަވަމެވެ.

27 ނޮވެންބަރު 2017
ހޯދާ