ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ލިފްޓު މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާނު

ލިފްޓު މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއޮފީހުގައި ބޭނުންކުރަމުންދާ މިޓްސުބިޝީ ލިފްޓު 2 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި، މިއޮފީހުގެ ނަންބަރު(IUL)1-FA(B)/1/2017/69 23 ނޮވެންބަރު 2017 އިޢުލާނާ ގުޅިގެން، އެސްޓިމޭޓް މަޢުލޫމާތު ހޯދުމަށް، 3 ފަރާތުން ހާޟިރު ވެފައިނުވާތީ،  އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޑިސެންބަރު 3 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ޑިސެންބަރު 6 ވާ ބުދަ  ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 9 ރަބީޢުލްއައްވަލް 1439

 

27 ނޮވެންބަރު 2017
ހޯދާ