މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޕްރިޒަން އޮފިސަރ

އިޢުލާން

މިސަރވިސްއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

ރޭންކް:

ޕްރިޒަން އޮފިސަރ

ޕްރިޒަން ޕްރައިވެޓް

ކްލެސިފިކޭޝަން:

ނޮން-ކޮމިޝަންޑް އޮފިސަރސް

އަސާސީ މުސާރަ:

މަހަކު6,050/-  ރުފިޔާ

 

 (ޕްރޮބޭޝަން މުއްދަތު ގައި ލިބޭނީ ހަމައެކަނި އަސާސީ މުސާރަ )

ބޭނުންވާ އަދަދު:

08

މަސައްކަތް ކުރަންޖެހޭ ތަން:              

ޖަލުތަކުގައި

ފެންވަރު ނުވަތަ ޝަރުތު:                           

 

 

 

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާ އެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ،
  • ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލްކޮށްފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން؛
  • މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30(ތިރީސް) އަހަރު ނުވާ މީހަކު ކަމުގައިވުން ( 12 ޑިސެމްބަރ 2017 އަށް 30 އަހަރުނުފުރޭ)، ނުވަތަ؛
  • ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހެއްނަމަ މީލާދީ ގޮތުން 35 (ތިރީސް ފަސް) އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން
  • ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި ކުށުގެ ރެކޯޑެއް އޮތް ފަރާތެއްކަމުގައި ނުވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޤާނޫނު ނަމްބަރ :2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް ޖަލުތަކުގައި މަސައްކަތްކުރުން.

 

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ފިޒިކަލް ފިޓްނަސް ހުރިމިންވަރު.
  • ތަޢުލީމީ ފެންވަރު.
  • އިންޓަވިއު މާރކްސް

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާ އެކު 07 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުން އެދެމެވެ.

 

ފިޒިކަލް ޓެސްޓް އޮންނާނެ ތަނާއި ގަޑި:

  • މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ ފިޒިކަލް ފިޓްނަސް ޓެސްޓް އޮންނާނެ ތާރީޚާއި ތަން، ޢިއުލާނުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 

ޝޯޓް ލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 30 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 20 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު ތަފްސީލް:

 

  • ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތް މި ސަރވިސްގެ އުސޫލު ނަމްބަރ :MCS-01/2017 "ޕްރިޒަން އޮފިސަރުން ރެކްރޫޓް ކުރުމުގެ އުސޫލު" މި ސަރވިސްގެ www.corrections.gov.mvވެބްސައިޓުންނާއި މިސަރވިސްގެ ހެޑް އޮފީހުގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ.
    • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
    • މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.

އީ މެއިލް: [email protected]

27 ނޮވެންބަރު 2017
ހޯދާ