މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޮލަންޓިއަރުން ބޭނުންވެއްޖެ

ވޮލަންޓިއަރުން ބޭނުންވެއްޖެ

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، މުޖުތަމައުގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ހަމަހަމަ ކަމާއި އެކު ހޯދާދެވިފައި ނުވާ ފަރާތްތައް ޝާމިލް ވާނެގޮތަށް ކުޅިވަރު ހަރަކާތްތައް ހިންގާ ފަރާތްތަކަށް ފަންނީ ގޮތުން އެހީތެރިކަން ހޯދައިދިނުމުގެ މަޤްޝަދުގައި މިކޯޕަރޭޝަނުން 31 ޑިސެމްބަރު 2017 ވަނަ ދުވަހުގެ ހަވީރު 1630 އިން 1 ޖެނުއަރީ 2018 ވަނަ ދުވަހުގެ ހަވީރު 1600 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ " މައިލްސް ފޮރ ސްމައިލްސް " – 24 ގަޑިއިރަށް ދެމިގެންދާ ދުވުމުގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާނެ ވޮލަންޓިއަރުން ބޭނުންވެއްޖެއެވެ.

ޝަރުތު:

  • ދިވެއްސެއް ކަމުގައިވުން
  • 18 އަހަރު ފުރިފައިވުން.
  • މަސައްކަތަށް ގިނަ ވަގުތު ދެއްވޭނޭ ފަރާތަކަށްވުން.

 މުއްދަތު:

  • 21 ދުވަސް ( 12 ޑިސެމްބަރ 2017 އިން ފެށިގެން)

 ސުންގަޑި:

ވީމާ، މި ޕްރޮގްރާމްގައި، ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 5 ޑިސެމްބަރ 2017 ގެ 1400 ގެ ކުރިން އެބޭފުޅެއްގެ ވަނަވަރު [email protected] އަށް އީމެއިލްކުރުން އެދެމެވެ. އަދި މިޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ (ހެނދުނު 8:00އިން ހަވީރު 0015:އަށް) 3336725 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 މިޕްރޮގްރާމަށް ކުރިމަތި ލައްވާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއިން ހޮވޭ ފަރާތްތައް ވޮލަންޓިއަރުންގެ ގޮތުގައި ހަމަޖެއްސޭނެއެވެ.

 

26 ނޮވެންބަރު 2017
ހޯދާ