މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯނިއެހެލާ ސަރަޙައްދަށް ކަރުގޮހޮރާއި ކުނިވާޒާތުގެ އެއްޗެހި އެޅުންމަނާ

އިޢްލާނު

 

ދޯނި އެހެލާ ސަރަޙައްދަށް ކަރުގޮހޮރާއި ކުނިވާޒާތުގެ ތަކެތި އެޅުން މަނާ

 

ރ.އަނގޮޅިތީމު ބަނދަރުގެ ދޯނި އެހެލާ ސަރަޙައްދަކީ ދޯނިފަހަރު އެހެލާ ބޭލުމަށާއި އަދި ޢާއްމުން މޫދަށް އެރުމަށް ބޭނުންކުރާ ސަރަޙައްދެކެވެ. ޚާއްޞަގޮތެއްގައި ކުޑަކުދިންވެސް މޫދަށް އެރި އުޅުމަށް ބޭނުންކުރާ ސަރަޙައްދެކެވެ. މިހެން ކަމުން މިސަރަޙައްދަށް ކަރުގޮހޮރު އެޅުމާއި ކުނިވާޒާތުގެ ބާވަތްތައް އުކާލުމުގެ ސަބަބުން ފެންގަނޑު ތަޣައްޔަރުވެ މޫދަށް އެރޭ މީހުނަށާއި ކުދިންނަށް ތަފާތު އުނދަގޫތަކާއި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ.

މިކަންކަން ޙައްލު ކުރުމުގެ ގޮތުން އެސަރަޙައްދުގައި ވާނީ ޑަސްބިން ބެހެއްޓިފައެވެ. މަސްކަރު އަޅާ ފަރާތްތަކުން ޑަސްބިނަށް އެޅުމަށްފަހު، ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ނޫން އެހެން ސަރަޙައްދަކަށް އުކާލެއްވުމަށް ދަންނަވަމެވެ. ރަށާއި ބަނދަރު ސާފުތާހިރުކޮށް ބޭއްވުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށް ދެކިގެން ތިމާއާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަވައިގެން ކަންތައްތައް ކުރެއްވުމަށް ހަނދުމަފުޅުކޮށް ދަންނަވަމެވެ.

ވީމާ، 26 ނޮވެމްބަރ 2017 އިން ފެށިގެން ބަނދަރާއި ދޯނިއެހެލާ ސަރަޙައްދަށް ކަރުގޮހޮރު އުކާލުމާއި ކުނިވާޒާތުގެ ބާވަތްތައް އުކާލުމަކީ މަނާކަމެއްކަމުގައި ދަންވަމެވެ. އަދި ބެހެއްޓި ފައިވާ ޑަސްބިންތަކުގެ ބޭނުންކުރައްވައިގެން ކަރުގޮހޮރާއި ކުނިވާޒާތުގެ ބާވަތްތައް އުކާލުމަށް ދަންނަވަމެވެ.

08 ރަބީޢލު           1439  

26 ނޮވެމްބަރ           2017  

26 ނޮވެންބަރު 2017
ހޯދާ