މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

 

                                                                                                     ނަންބަރު: IUL)MMPRC/1/2017/58)  

އިޢުލާން

2018 ވަނަ އަހަރުގެ މާރިޗު މަހުގެ 07 ން 11 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި، ރާއްޖޭގެ ސްޓޭންޑްގައާއި އަދި މޯލްޑިވިއަން ނައިޓްގައި ލައިވް މިއުޒިކް ކުޅެދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޑިސެމްބަރު 4 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް ވެލާނާގެ 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޑިސެމްބަރު 11 ވާ ހޯމަ ދުވަހުގެ 10.30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއެވެ.

                       08 ރަބީޢުލް އައްވަލް 1439

                       26 ނޮވެމްބަރ 2017 

26 ނޮވެންބަރު 2017
ހޯދާ