ދިވެހިރާއްޖެ
ކ. މަނިޔަފުށީގެ ކަރަންޓު ވިއުގަ އެޅުމުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 10:30 އަށް ޕްރޮޕޯސަލް ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
އިތުރު މައުލޫމާތު ހޯދެއްވުމަށް 3339239 ، 3322242 ނަންބަރާ ގުޅުއްވުން އެދެމެވެ.
ކޮންސަލްޓަންޓް ކުރަން ޖެހޭ މަސައްކަތްތައް
- ކ. މަނިޔަފުށީގެ ކަރަންޓް ވިއުގައާ ގުޅޭ ގޮތުން ބޭސިކް ޑިޒައިން ސްޓަޑީއެއް ހެދުމުގެ ފަހުން ރަށުގެ ބިން ބޭނުން ކުރެވޭ ގޮތަށް ބަދަލު އައުމާ ގުޅިގެން އެ ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓަށް ގެންނަން ޖެހޭ ބަދަލު ގެނައުން
- މިހާރު ޑިޒައިން ކޮށްފައިވާ ކަރަންޓު ވިއުގައަށް ގުޅާލެވޭ ގޮތަށް އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ޑިޒައިންކުރުން
- ކ. މަނިޔަފުށީގެ ކަރަންޓް ވިއުގަ އެޅުމަށް ކުރިމަތިލާ ފަރާތްކަށް ވިއުގައާ ބެހޭ މައުލޫމާތު، ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓާއި އެރިޕޯޓަށް ގެންނަ އިސްލާހުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދިނުން ކަރަންޓް ވިއުގެ އަޅާ ފަރާތުން ފޯރުކޮށްދޭ ޕެނަލް
- ބޯޑާއި، ކޭބަލާއި، ޑިސްޓްރިބިއުޝަން ފޮށިތަކާއި، އެހެނިހެން ސާމާނާއި އިކްޕްމަންޓްތައް ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓުގައިވާ ސްޕެސިފިކޭޝަންތަކަށް ފެތޭކަން ކަށަވަރުކުރުމާއި، ވިއުގައާ ގުޅާ އިންޖީނުތައް ރިޕޯޓުގައިވާ ސްޕެސިފިކެޝަނަށް ފެތޭތޯ ބެލުން
- ކަރަންޓް ވިއުގެ އެޅުމުގެ މަސައްކަތް ސްޕަވައިޒްކޮށް، ކަރަންޓް ވިއުގެ އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓާއި އެރިޕޯޓަށް ގެންނަ އިސްލާހުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން
- ކަރަންޓް ވިއުގަ އަޅާ ނިމިމުން ވިއުގަ އެޅިފައިވާ ގޮތުގެ ކުރެހުމެއް ތައްޔާރުކުރުން
- ކަރަންޓް ވިއުގަ ޓެސްޓްކޮށް، ރަނގަޅުތޯ ބަލައި، ވިއުގަ އެޅުމުގެ މަސައްކަތް ބަލައިގަތުމާ މެދު ލަފާ ދިނުން
އަގު ހުށަހެޅުން
ކޮންސަލްޓަންސީ މަސައްކަތަށް އަގު ހުށަހަޅާނީ ތިރީގައިވާ މަސައްކަތްތަކުގެ އަގު ވަކިވަކީން އެގޭ ގޮތަށެވެ.
- ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓަށް ބަދަލު/އިސްލާހު ގެނައުމާއި، ވިއުގަ އެޅިފައިވާ ގޮތުގެ ކުރެހުން ތައްޔާރުކުރުމާއި، ވިއުގަ ޓެސްޓްކުރުމުގެ އަގު (މަސައްކަތް 1، 2، 6، 7)
- މައުލޫމާތު ދިނުމުގެ ޖަލްސާގައި ބައިވެރިވުމުގެ އަގު (މަސައްކަތް 3. މަދުވެގެން 3 ޖަލަސާ ބާއްވަން ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ.)
- ސްޕެސިފިކޭޝައްތައް ޗެކުކުރުމުގެ އަގު (މަސައްކަތް 4)
- މަސައްކަތް ސްޕަވައިޒްކުރުން (މަސައްކަތް 5)
އެހެނިހެން މައުލޫމާތު
- ކަރަންޓް ވިއުގަ އެޅުމުގެ މަސައްކަތް ނިންމާ ލެވޭނެ ކަމަށް ލަފާކުރެވެނީ 3 މަސްދުވަހުންނެވެ.
- މަނިޔަފުށްޓަށް ކުރަންޖެހޭ ދަތުރުތައް މިމިނިސްޓްރީން ހަމަޖައްސައި ދެވޭނެއެވެ.
- · ކޮންސަލްޓަންޓަކީ ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯޓުގައި ބުނާ ފަދަ ޖަނަރޭޓަރާއި ޕެނަލް ބޯޑު ބަހައްޓައި، ކަރަންޓް ވިއުގަ އެޅުމަށް މޯލްޑިވްޒް އެނަރޖީ އޮތޯރިޓީން ލައިސަންސް ދީފައިވާ ފަރާތަކަށް ވާންވާނެއެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70)
- ތަޖުރިބާއަށް 30 ޕޮއިންޓް (މިފަދަ ނުވަތަ މިބާވަތުގެ އެހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަންވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
ރ. އިމާރާތްކުރުން ނުވަތަ މަރާމާތުކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.
ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 ނުވަތަ 3322242 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.