ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނެޓްވަރކް އެޑްމިނިސްޓްރޭޓަރ، އައިޓީ ޓެކްނީޝަން. އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ނެޓްވޯރކް އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:       

01

އަސާސީ މުސާރަ:

-/10،150ރ. ( ދިހަ ހާސް އެއްސަތޭކަ ފަންސާސް ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިގްރީއެއް ޙާޞިލްކޮށްފައިވުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާ ތަކުން އެންޓަޕްރައިސް ސެޓްފިކެޓް ހާޞިލްކުރުމާއި އެކު 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ގުޅޭ ދާއިރާ ތައް:

Microsoft Windows Server, Exchange Server, Active Directory, SharePoint Server and SQL Server.

Virtualization Platform VMware ESXi and VSphere

Cisco Networking with CCNA، CCNP or equivalent

Enterprise Level Storage Area Network (SAN) such as products from DELL and HP     ފަދަ ސިސްޓަމް ތަކުން ސެޓްފިކެޓް ޙާޞިލްކޮށްފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

 

 

 

 

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މިކުންފުނީގައި ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް:

  • ސްޓެލްކޯ އިންޖީނުގެ ހުންނަ ރަށްތަކުގައި ނެޓްވޯރކު ޤާއިމްކޮށް ބެލެހެއްޓުން.
  • މިހާރު ހުރި ސިސްޓަމްސްތައް އަޕްގްރޭޑު ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
  • ސަޕޯޓް ސަރވިސް ޔުނިޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާ ސުޕަރވައިޒް ކުރުން.
  • އަދި މިނޫނަސް ދާއިރާއާ ގުޅުންހުރި ކުންފުންޏަށް މުހިންމު މަސައްކަތްތަކުގައި އެހީތެރިވުމާއި ޑިޕާޓްމަންޓުގެ ފަރާތުން ރާވާ ހިންގާ ކަންކަމުގައި އެއްބާރުލުން ދިނުން. 

މަޤާމް:

އައި.ޓީ.ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

02

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/6،300ރ. ( ހަހާސް ތިންސަތޭކަ ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:

އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޑިޕްލޮމާ ޙާޞިލްކޮށްފައިވުން ނުވަތަ ގުޅޭ ދާއިރާތަކުން އެންޓަޕްރައިސް ސެޓްފިކެޓެއް ހާޞިލްކުރުމާއި އެކު 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ގުޅޭ ދާއިރާ ތައް:

 CISCO, COMP TIA ފަދަ ސެޓްފިކެޓް ޙާޞިލްކޮށްފައިވުން

ދާއިރާގެ މައިގަޑު މަސައްކަތް:

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މިކުންފުނީގައި ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް:

  • ސްޓެލްކޯ އިންޖީނުގެ ހުންނަ ރަށްތަކުގައި ނެޓްވޯރކު ޤާއިމްކުރުމަށް އެހީތެރިވުން.

 

  • ކޮމްޕިއުޓަރ ސެޓަޕްކުރުމާއި ހާޑްވެއަރ އަށް ދިމާވާ މައްސަލަތަށް ހައްލުކުރުން.
  • ކޮމްޕިއުޓަރ ސޮފްޓްވެއަރ އަޅާދިނުމާއ ދިމާވާ މައްސަލަތަށް ހައްލުކުރުން.
  • ކޮމްޕިއުޓަރ ނެޓްވޯކް ބަލަހައްޓައި މަރާމާތުކުރުމުގައި އެހީތެރިވުން.
  • ޓެލެފޯން ނެޓްވޯކް ބަލަހައްޓައި މަރާމާތުކުރުމުގައި އެހީތެރިވުމާއި އަދި މިނޫނަސް ދާއިރާއާ ގުޅުންހުރި ކުންފުންޏަށް މުހިންމު މަސައްކަތްތަކުގައި އެހީތެރިވުމާއި ޑިޕާޓްމަންޓުގެ ފަރާތުން ރާވާ ހިންގާ ކަންކަމުގައި އެއްބާރުލުން ދިނުން.

މަޤާމް:

އޮފިސަރ

ވަޒީފާގެ ދާއިރާ:

މެނޭޖިންގ ޑިރެކްޓަރސް ބިއުރޯ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/6،300ރ. ( ހަހާސް ތިންސަތޭކަ ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:

  • ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ ދާއިރާއިން ނުވަތަ ގްރެފިކްސް ޑިޒައިނިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުމާއިއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނިން ހިންގާ އެކި އިވެންޓްތަކުގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ގެ އެންމެހާ ކަންކަން ބެލެހެއްޓުން.
  • ފޮޓޯގްރަފީ އާއިި ވީޑިއޯގްރަފީ އަދި ކޮމްޕިއުޓަރ އެއިޑެޑް ޑިޒައިން ފަދަ މަޤާމާއި ގުޅުންހުރި ހުނަރުތައް ބޭނުންކޮށްގެން ކުންފުންޏަށް ބޭނުންވާ ޕްރޮޑަކްޝަންތައް ތައްޔާރުކުރުން.
  • އިންފޯގްރެފިކްސް އާއި ވީޑިއޯ ސްޕޮޓް ކްރިއޭޝަން ބޭނުންކޮށްގެން ސްޕޮޓްތަކުގެ ސްކްރިޕްޓް ތައްޔާރުކުރުން.

ޑިޒައިން އަދި އެޑިޓިންގ ސޮފްޓްވެއަރ (އެޑޯބް އިލަސްޓްރޭޓަރ، ފޮޓޯޝޮޕް، އެޑޯބް ޕްރީމިއަރ ފަދަ ސޮފްޓްވެއަރ) ބޭނުންކޮށްގެން ޕްރެޒެންޓޭޝަން ހެދުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚް:

2017 ޑިސެމްބަރ 03  ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2017 ޑިސެމްބަރ 03 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ.

              08 ރަބީޢުލް އައްވަލް  1439   

             26   ނޮވެމްބަރ     2017

26 ނޮވެންބަރު 2017
ހޯދާ