މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު(ކޮންސަލްޓެންސީ ފާރމް)

c

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

  މާލެ، ދިވެހިރާއްޖެ.                                      އިއުލާން ނަމްބަރު:   IUL)22-E/1/2017/344)

 

ވަޒީފާގެ ފުރުސަތު)  ކޮންސަލްޓެންސީ ފާރމް)

ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހާންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޓީޗަރުންގެ އިނގިރޭސި ފެންވަރު ކުރިއެރުމަށް ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޤާމް:           ކޮންސަލްޓަންސީ ފާރމް

ބޭނުންވާ އަދަދު:            1 (އެކެއް)

މަސައްކަތުގެ މުއްދަތު:   05 މަސް ދުވަސް

މުސާރަ:                 ދެފަރާތް އެއްބަސްވާ މިންވަރަކަށް.  

 

ފެންވަރު ނުވަތަ ޝަރުތު:

މި ކޮންސަލްޓެންސީއަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް އަދި ޝޯރޓްލިސްޓިންގ ކްރައިޓީރިއަރ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

އެޕްލިކޭޝަން ހުށަހެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް 10 ޑިސެމްބަރ 2017 (އާދީއްތަ) ގެ 13:00 ގެ ކުރިން ގާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރގައި ހުންނަ ކޯޑިނޭޝަން ސަޕޯޓް ޔުނިޓްއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3341316 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )،

ނަންބަރު : ގާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ، ދިވެހިރާއްޖެ

އީމެއިލް :     [email protected]  ، [email protected]

 ފޯން: 3341301

 

ކޮންސަލްޓަންސީ ދޭނޭ ފަރާތެއް ހޮވުން:   - މި ކަމަށް ބޭފުޅަކު ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތައް ބަލާ އިވެލުއޭޓް ކުރުމަށްފަހު އެންމެ ޤާބިލު ފަރާތަށެވެ. މީހަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ. 

26 ނޮވެންބަރު 2017
ހޯދާ