ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓްމެނޭޖްމެންޓް ސެންޓަރ ކޮންޓްރެކްޓް އުސޫލުން ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މިއިދާރާގެ ނަމްބަރު :) (IUL)416-ESMED/416/2017/77 13 ނޮވެމްބަރ 2017) އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

 

ވޭސްޓްމެނޭޖްމެންޓް ސެންޓަރ ކޮންޓްރެކްޓް އުސޫލުން ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

ވޭސްޓްމެނޭޖްމަންޓް ސެންޓަރއަށް ރަށުގެ އެކިތަންތަނުން (ގޭބީސީތާކާއި ވިޔަފާރިކުރާ ތަންތަނާއި، އޮފީސްތަކާއި، އެހެނިހެން ތަންތަނުން) ކުނިކަލެކްޓްކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ޖަމާކޮށް ކުނިމެނޭޖްކުރުމާއި، ވޭސްޓްމެނޭޖްމަންޓަ ސެންޓަރ ކޮންޓްރެކްޓް އުޞޫލުން ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑަ އެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޒިރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާއަށް ޙާޟިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިގަނެވެން ނޯންނާނެ ވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

ތަން

ވަގުތު

ދުވަސް

ތާރީޚް

 

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

10:30

އާދީއްތަ

03 ޑިސެމްބަރ 2017

މަޢުލޫމާތު ދިނުން

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

10:30

ބުރާސްފަތި

07 ޑިސެމްބަރ 2017

ބީލަން ހުށަހެޅުން

 

މާރކްސް ދިނުމުގައި ބަލާނެ އުސޫލު

  • މަޑަވެލި ވޭސްޓްމެނޭޖްމެންޓް ސެންޓަރ ހިންގައިގެން ލިބޭއާމްދަނީ އިން ޚަރަދުކަޑައި ކައުންސިލަށް މަހަކު ދޭންބޭނުންވާ އިންސައްތަ: (%20 އަށް ވުރެ ދަށްނުވާ ގޮތަށް)

90%

  • މަސައްކަތުގެ ޢަމަލީ ތަޖްރިބާ:

5%

  • މާލީ ތަނަވަސްކަން: (03 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓް)

5%

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

               

 

26 ނޮވެންބަރު 2017
ހޯދާ