ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުތަކެއްޗާއި ރުއް ގަސް ނިލަންކިޔުން

02 ޑިސެމްބަރ 2017 ވާ ހޮނިހިރު ދުވަހު 16:30 ގައި މިއިދާރާގައި ބައުތަކެއްޗާއި ރުއް ގަސް ނީލަންކިއުން އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ރުކުގައި ރަތްކުލައިގެ ސުޕްރޭ ދަވާދުން ނަންބަރު ޖެހިފައިވާނެއެވެ. މިރުއްތައް ހުންނާނީ އުތުރު އަވަށު ކުޑަކުދިންގެ ޕާރކް ދެކުނުމަގުގައި ނަންބަރ 6 ޖަހާފައިވާ ރުކާއި ގުލާސް ހުޅަނގުގައި ނަންބަރ 7 ޖަހާފައިވާ ރުކާއި ދަކިހާ ކިޔާ ގޯތި ކައިރީގައި ނަންބަރ 10 ޖަހާފައިވާ ރުކާއި އިރުމަތި އަވަށު ގޯތީގެ ހުޅަނގު ދެކުނު ކަނުގައި ނަންބަރ 11 ޖަހާފައިވާ ރުކާއި އިރުމަތި އަވަށު ގޯތީގެ ދެކުނު މަގުގައި ނަންބަރ ނަންބަރ 12 ޖަހާފައިވާ ރުކާއި (ކުރިގަނޑު ނެތް) ސަންވިލާ އިރުމަތީގައި ވައްޓާލާފައިވާ ނަންބަރ 13 ޖަހާފައިވާ ރުއްބައި އެމް.ޑަބުލިއު.އެސް.ސީގެ އޮފީހާއި ކުނިކޮއްޓާއި ދެމެދު އޮންނަ މަގަށް އަރާފައިވާ ނަންބަރ 14 އިން 37 އަށް ނަންބަރު ޖަހާފައިވާ 24 ރުކާއި އައިލެންޑް އެކްސް ޕާޓަށް ދޫކޮށްފައިވާ ބިމުގެ އިރުމަތީގައި ނަންބަރ 38 ޖަހާފައިވާ ރުކާއި ނީލަމް ހުޅަނގު މަގުގައި މަގަށް އަރާގޮތަށް ހުރި ނަންބަރ 39 އަދި 40 ޖަހާފައިވާ ރުކާއި 41 ޖަހާފައިވާ ދިއްގާގަހާއި ޑުރެސް ހުޅަނގުގައި ވައްޓާލާފައިވާ ނަންބަރ 42 ޖަހާފައިވާ ރުއްތަކާއި ޒިޔާރަތްދޮށުގެ ހުޅަނގުގައި ވައްޓާލާފައިވާ ނަންބަރު 43 ޖަހާފައިވާ ރުއްތަކާއި ގަސްތައް އަދި ނެރާއި ކަސްޓަމް ބިލްޑިންގ އެޅުމަށް ދޫކޮށްފައިވާ ބިމާއި ދޭތެރެގާއިވާ މަގަށް އަރާ ގޮތަށް ހުރި ނަންބަރ 44 ން 48 އަށްޖަހާފައިވާ ރުއްތަކެވެ.

މިނީލަމުން ތަކެތިނަންގަވާ ފަރާތްތަކުން ނަންގަވާތަކެތީގެ އަގު 02 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 17:30 ގެކުރިން ދެއްކުމަށްފަހު 18:00 ގެ ކުރިން ނީލަމުން ނެންގެވި ބައުތަކެތި ގެންދަވަން ވާނެއެވެ. އަދި ރުއްގަހުގައި ހުރިތަކެއްޗާއި އެކު ބިމުން މައްޗަށް ބުޑުގަނޑު ނުހުންނާނޭހެން 07 ދުވަހުގެ ތެރޭގައި ނަގައިގެން ގެންދަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ރުއް ގަސް ނުގެންދަވާ ހުރިނަމަ މިއިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލްކުރެވޭނެއެވެ.

ވީމާ މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މިއިދާރާގެ ނުހަނު ބޮޑު އެދުމަކަށްވާތީ އާއްމުކޮށް އެއްގުމަށްޓަކާ އިއުލާން ކުރަމެވެ

23 ނޮވެންބަރު 2017
ހޯދާ