މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ލޯކަލް މާރކޭޓްގައިހުރި ދޮރާއި ދޮރުފަތް ބަދަލު ކުރުމުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި މިނިސްޓްރީގެ ނަންބަރު (IUL)138-AS6/1/2017/214 (19 ސެޕްޓެމްބަރ 2017) އިޢުލާނުގައި ކުރަންޖެހޭ މަސައްކަތަށް ބަދަލުތަކެއް އައިސްފައިވާތީ، އެ އިޢުލާން ބާޠިލްކޮށް މި މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ނޮވެމްބަރ 29 ވާ ބުދަ ދުވަހުގެ 12:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 06 ވާ ބުދަ ދުވަހުގެ 12:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2017 ނޮވެމްބަރ 29 ވާ ބުދަ ދުވަހުގެ 13:00 އިން ފެށިގެން 2017 ޑިސެމްބަރ 06 ވާ ބުދަ ދުވަހުގެ 12:00ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 300-4281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

23 ނޮވެންބަރު 2017
ހޯދާ