މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

 

މަޤާމް: އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު:265986      

ބޭނުންވާ އަދަދު:1

މަޤާމުގެ ގިންތި: ކޮންޓްރެކްޓް ( 2 އަހަރު ދުވަސް )

މަޤާމުގެ ރޭންކް: ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން: އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމް އޮތް އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާ ، ރ. އިނގުރައިދޫ

މުސާރަ:4,465.00 ރުފިޔާ

ސަރވިސް އެލެވަންސް: މަހަކު 1500.00 ރުފިޔާ

  1. އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

( މީގެއިތުރުން މަޤާމަށް ކަނޑައަޅާފައިވާ އިނާއަތްތައް )

  1. މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: ދިވެހި ރާއްޖޭގެ ބިމާއި ބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމާއި އެކަމާއިގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  2. ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި އެކަމާއި ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  3. ކައުންސިލްގެ އަހަރީ ޕްލޭން އެކުލަވައިލައި، އެ ޕްލޭން ތަންފީޒްކުރުމުގެ ގޮތުން ކަމާގުޅޭ ޔުނިޓް ތަކާއި ޙަވާލުކުރުން.
  4. ރަށުގެ ތިމާވެއްޓާއިބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  5. ރަށު ތަރައްޤީއަށް ހިންގާ ތަފާތު ޕްރޮޖެކްޓްތަކަށް ބޭނުންވާ އީ.އައި.އޭ ހެއްދުމަށް އެދުމާއި އެކަމާއި ގުޅޭ މަސައްކަތްތައް ކުރުން.
  6. ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާއި ފެނާއި، ފާޚާނާ، ނަރުދަމާގެ ނިޒާމު ފަދަ އާންމު ޚިދުމަތްތައް ބެލެހެއްޓުން.
  7. ރަށު ތަރައްޤީއަށް ހިންގާ ތަފާތު ޕްރޮޖެކްޓްތަކުގެ ރެކޯޑް ބެލެހެއްޓުމާއި، ތަރައްޤީގެ ޕްރޮޖެކްޓްތަކާއި ގުޅޭ މަސައްކަތްތައް ކޮށް ބެލެހެއްޓުން.
  8. ރަށުން ދޫކުރެވޭ ބިންތައް ލޭންޑްޔޫސް ޕްލޭނާއި ތަޢާރަޟް ނުވާގޮތައް ރެކޯޑްތައް ބެލެހެއްޓުން.
  9. ދިރިއުޅުމަށް ދޫކުރެވޭ ގޯތި ދޫކުރުމާއި، އިންވަކިކުރުމާއި، ބެހޭގޮތުން ކުރަންޖެހޭ ކަންކަންކުރުން.

 

  1. ދިރިއުޅުން ފިޔަވާ އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމާއި،ވަކިކުރުމާއި،ބެހޭކަންތައްތައްކުރުން.
  2. ރަށުކައުންސިލުން ހިންގާ ތަރައްޤީގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އަމިއްލަކުންފުނިތަކާއި، ޖަމުއިއްޔާ ޖަމާޢަތްތަކުގެ ދައުރުފުޅާކޮށް އެފަރާތްތަކުގެ ބައިވެރިވުން ހޯދަން މަސައްކަތްކުރުން.
  3. ޙަވާލުވެފައިވާ މަސައްކަތާއި ގުޅިގެން  އެކިފަރާތްތަކަށް ފޮނުވަންޖެހޭ ހުރިހާލިޔެކިޔުމެއް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތަތަކަށް ފޮނުވާ އެލިޔެކިޔުންތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  4. ކޮންމެވެސް ސަބަބަކާހުރެ އެހެންމުވައްޒަފަކު ހާޟިރުނުވާ ދުވަހެއްނަމަ އެމުވައްޒަފެއްގެ މަސައްކަތް ޒިންމާދާރުވެރިޔާ ޙަވާލުކުރާ އުޞޫލެއްގެ މަތިންކުރުން.

 

1-      މަޤާމުގެ ޝަރުޠުތައް: މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ( އޮފީސް އެޑްމިނިސްޓްރޭޝަން އެންޑް ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ހިޔުމަންރިސޯސް މެނޭޖްމަންޓް  އަދި ޕްލޭނިންގ ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ޙާޞިލުކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން ސެކަނަޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން  " ސީ " ގްރޭޑް ލިބިފައިވުން 

 

މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި،ފެންވަރާއި، ބޭނުންވާ ސިފަތައް

  1. ހުށަހަޅަންޖެހޭ ލިޔުންތައް: ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން

 ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  06 ޑިސެމްބަރު 2017 އާއި 31 ޑިސެމްބަރު 2017 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ

30%

އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580028 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

23 ނޮވެންބަރު 2017
ހޯދާ