މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                                                  އިޢުލާން ނަންބަރު: IUL)MMPRC-HR/1/2017/56) 

                                    ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  ޕްރޮކިއުމަންޓް އެގްޒެކެޓިވް

- މުސާރަ (މަހަކު) : 6,600/- ރުފިޔާ މަހަކު

- ޑެއިލީ އެލަވަންސް:ރަސްމީކޮށް ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސްގެ ގޮތުގައި 200/- ރުފިޔާ (ދުއިސައްތަ ރުފިޔާ) ދުވާލަކަށް

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، ޕްރޮކިއުމަންޓް ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  1. މިކޯޕަރޭޝަނުން ބޭނުންކުރާ ޕްރޮމޯޝަނަލް މެޓީރިއަލްތަކުގެ ސްޓޮކް ބެލެހެއްޓުމާއި ގުދަނުން ތަކެތި ދޫކުރުން އަދި ގުދަން ބެލެހެއްޓުން
  2. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި އާރް.އެފް.ޕީތައް މެނޭޖްމަންޓުގެ ލަފާގެ ދަށުން ތައްޔާރުކުރުން.
  3. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި ބިޑްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްޓަކައި އިވެލުއޭޝަން ކޮމިޓީއަށް ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކޮށް ކޮމިޓީގެ ޖަލްސާތައް ބޭއްވުން.
  4. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި ބިޑުތަކުގެ އިވެލުއޭޝަން ރިޕޯރޓްތައް ތައްޔާރުކުރުމާއި، ބިޑްތައް ރައްކާތެރިކޮށް، ރަނގަޅު އެރޭންޖްމަންޓެއްގެ ދަށުން ފައިލްކޮށް ބެލެހެއްޓުމާއި އެފަދަ މުހިއްމު ލިޔުންތައް އޯޑިޓްއަށް ބޭނުންވާ ހާލަތްތަކުގައި އެފަރާތަށް ހުށައެޅުން.
  5. އެކި ފަރާތްތަކާއި އެކު މިކޯޕަރޭޝަނުން އެއްބަސްވެވޭ އެގްރީމަންޓްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ޑްރާފްޓްކޮށް އެކަމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  6. ބިޑްތައް ކާމިޔާބުކުރާ ފަރާތްތަކަށް ދޭންޖެހޭ އެވޯޑް ލެޓާރތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން.
  7. ސެކްޝަންގެ ސިޓީ ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

  ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 28 ނޮވެމްބަރ 2017  ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

 ހުށައަޅަންޖެހޭ ލިޔުންތައް: 

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

 އިތުރު މަޢްލޫމާތު:

  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.
  • މިމަޤާމަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

                                   23 ނޮވެމްބަރު 2017

 

23 ނޮވެންބަރު 2017
ހޯދާ