ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
2018 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

އިޢުލާން

2018 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

                  2018 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

                  ޕްރީސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

4 އަހަރު ފުރި 5 އަހަރު ނުފުރޭ

ޔޫ.ކޭ.ޖީ

5 އަހަރު ފުރި 6 އަހަރު ނުފުރޭ

               

                  މަތީގައިވާގޮތަށް އުމުރު ބަލާނީ ދަރިވަރު ސްކޫލަށް ވައްދަން އެދޭ އަހަރު ޖެނުއަރީ މަހުގެ 1 އަށް މަތީގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ. ނަމަވެސް ސްކޫލަށް ވައްދަން އެދޭ އަހަރުގެ މާރޗުމަހުގެ 31 ގެ ނިޔަލަށް އަހަރު ފުރޭ ކުދިންނަށްވެސް ފުރުޞަތު ދެވިދާނެއެވެ.

      ވީމާ، 2017 ޑިސެމްބަރ 04 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން "2018 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު، ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިސްކޫލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލްގެ އިދާރާއިން 2017 ނޮވެމްބަރ 23 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                  4 ރަބިޢުލްއައްވަލް 1439

22 ނޮވެންބަރު 2017
ހޯދާ