މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫގައި މިހާރު މީހުން ދިރިއުޅޭ ސަރަޙައްދުގެ ވަށައިގެންވާ ބޮޑުމަގަށާއި، ބަދަރު އަރިމަތި ހުރަސް ތޮށީގައި ޖެހުމަށް ބޭނުންވާ ތަކެތި ހޯދުން

                                          ނަންބަރު: (IUL)321/321/2017/112  

އިޢުލާން

  ތުޅާދޫގައިމިހާރު މީހުން ދިރިއުޅޭ ސަރަޙައްދުގެ ވަށައިގެންވާ ބޮޑުމަގަށާއި، ބަދަރު އަރިމަތި ހުރަސް ތޮށީގައި ޖެހުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ހޯދުމަށް ބޭނުންވެއްޖެއެވެ.

  •  ހޯދަން ބޭނުންވާ ތަކެތި:

 

-        01  ބަދަރު ބައްތި ދަނޑި ( ޑަބަލް އާމް) ގަލްވައިޒް (ފިޓިންގްސް އާއެކު)

-        40 ބައްތި (ލެޑް ލައިޓް، 60-120 ވޮޓް، ވާރމް ލައިޓް، ވޮލްޓޭޖް 24V/220V، ވޯޓަރޕްރޫފް އަދި ވެދަރ ޕްރޫޕް)

  • ޕޮއިންޓް ދެވޭނެ އުޞޫލު

 

މާރކްސް ދެވޭ

ކްރައިޓީރިއާ

މާރކްސް ދެވޭ ގޮތް

ތަފްޟީލް

ފޯމިއުލާ

އަގު

80%

  • މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

(Benchmark price/submitted price) x Allocated Percentage

މުއްދަތު

5%

  • މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ތަކެތި ސަޕްލައިކޮށްދޭން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުރު މުއްދަތެއްގައި ތަކެތި ފޯރުކޮށްދޭ ފަރާތަކަށެވެ.

(Submitted Year of Experience/Bench mark year) x Allocated Percentage

ތަޖްރިބާ

2.5%

  • މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖްރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) ލިޔުންތައް ހުށަހެޅުން، އެންމެ ގިނަ މަސައްކަތްކޮށްފައިވާ ފަރާތަކީ އެންމެ ގިނަ މާރކްސް ލިބޭފަރާތްތަކުގައި ބަލައިގެންނެވެ.

(Profile marks /Bench mark profile marks) x Allocated Percentage

ކޮލިޓީ

2.5%

  • މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަޜާތްތަކުން ހުށަހަޅާ ތަކެއްޗަކީ ވެދަރ އަދި ވޯޓަރ ޕްރޫޕް ތަކެތި ކަމުގައިވާނަމައެވެ.

If goods is weather/water proof will get  Allocated Percentage

ވޮރަންޓީ

5%

  • މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ބިޑްގައި އެންމެ ދިގު މުއްދަތަކަށް ވޮރަންޓީ ހުށަހަޅާ ފަރާތަކަށެވެ. މިގޮތުން އަހަރަކަށް ދެވޭނީ 01 މާރކްސް އެވެ.

Vorranty per year 01 marks.

 

 

                  ވީމާ، މިތަކެތި މި ކައުންސިލަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ  10:00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6600006 ފޯނާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަނީ އަމިއްލަފަރާތެއްނަމަ، ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމާއި އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިން ރޫމްގައެވެ.

 

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                  04     ރަބީއުލްއައްވަލް    1439

                  22       ނޮވެމްބަރ     2017

22 ނޮވެންބަރު 2017
ހޯދާ