ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އެގްޒެކެޓިވް

މަޤާމު:

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އެގްޒެކެޓިވް

ރޭންކު:

CSC5-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕުރޮފެޝަނަލްސް

މަސައްކަތްކުރަންޖެހޭތަން:

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް

މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ޕްރޮފެޝަނަލް ޕްރޮގްރާމްތައް ތައްޔާރުކޮށް ތަމްރީން ދިނުން

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3500 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/4000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2462/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ޕޮލިސީ، ހިއުމަންރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،

ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ޕޮލިސީ، ހިއުމަންރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ނުވަތަ އޮނަރސް ޑިގްރީ ފުރިހަމަކޮށްފައި ވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ބޭނުންވާ މޮޑިއުލް ތައް ދެނެގަތުމަށް ބޭނުންވާ ދިރާސާތައް (ކޮންޕީޓެންސީ ސްޓަޑީ ކަނޑައެޅޭ ދާއިރާއަކަށް އަދި މުޅި ސިވިލް ސަރވިސް ހިމެނޭ ޓީ.އެން.އޭ) ތައްޔާރުކޮށް ލިބޭ މައުލޫމާތަށް ބިނާކޮށް އަހަރީ ޓްރެއިނިންގ ޕްލޭންތައް ތައްޔާރުކުރުން އަދި ސިވިލް ސަރވިސް ހުރިހާ އިދާރާއެއްގެ ޓްރެއިނިންގ ޕެނަލްތަކަށް ހުށަހަޅާ، އެ ބޭފުޅުންގެ ލަފަޔާއެކު މުޅި އަހަރު ދުވަހުގެ ޕްލޭން ތައްޔާރުކުރުން.
  2. ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގެ ސިޔާސަތު އަދި ރީފޯމް މެނުއަލް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޕާމަނަންޓް ސެކެޓްރީންނާއި ސިވިލް ސަރވިސް ހުރިހާ އިދާރާއެއްގެ ހިއުމަން ރިސޯސް ހިންގާ ވެރިންނާއި ގުޅިގެން ރާވައި ހިންގުން އަދި މައުލޫމާތު ދިނުމުގެ ސެޝަންތައް އަހަރު ދުވަހަށް ބަހާލައިގެން ބޭއްވުން.
  3. ޓްރެއިނިންގ ޑައިރެކްޓްރީ ގައި ހިމެނޭ ޓްރެއިނިންތަކާއި އެހެނިހެން ރިކުއެސްޓްތަކާ ގުޅިގެން  ޓްރެއިނިންތައް ރާވާ ހިންގުން. 
  4. ޓްރެއިނިންގ މޮޑިއުލް ތައްޔާރު ކުރުމަށް ޕްރިއޯރިޓީ އޭރިއާ ސްޓަޑީ އެއް ހަދައި އޭގެ ތެރެއިން ކަނޑައެޅޭ މޮޑިއުލްތައް ތައްޔާރުކުރުން، އަދި އިތުރަށް ހުރި ދާއިރާތަކުން މޮޑިއުލް ހެދުމަށް ޓްރެއިނަރުންނާ ޙަވާލުކޮށް ކަނޑައެޅޭ ތާރީޚަށް ނިންމުން. 
  5. ސިވިލް ސަރވިސް ޓްރެއިނިންއަށް ބޭނުންވާކަމަށް ކޮމިޝަނުން ކަނޑައަޅާ ތަފާތު ރިސާރޗް / ސަރވޭތަކުގެ ތެރެއިން ކަނޑައެޅޭ ދާއިރާތަކަށް  (އަހަރަކު މަދުވެގެން 2) ޕޭޕަރު ތައްޔާރުކޮށް ކަނޑައެޅޭ ފަރާތްތަކަށް ހުށަހެޅުން.
  6. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ބޭއްވުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. ސިވިލް ސަރވިސްގެ މަތީ ފަންތީގެ ވަޒީފާތަކަށް އަލަށް ގުޅޭ މުވައްޒަފުންނަށް ޚާއްސަކޮށް ދެވޭ އިމްތިހާން ބޭއްވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމާއި، ކަނޑައެޅޭ  ޕޭޕަރު/ ޕޭޕަރުތައް  ތައްޔާރުކުރުން.
  8. ދިވެހި ސިވިލް ސަރވިސް ކޮންފަރަންސް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިސްވެރިންގެ ލަފަޔާ އެއްގޮތަށް ރާވާ ހިންގުން.
  9. ޕަބްލިކް ލެކްޗަރ ސީރީޒްއަށް ދާއިރާތައް ކަނޑައަޅައި އެކަށީގެންވާ އެކްސްޕާޓުން ހޯދައި އަހަރުގެ އެކި ހިސާބުތަކުގައި  މަދުވެގެން 3 ލެކްޗަރ ބޭއްވުން.
  10. ކޯޕަރޭޓް ޓްރެއިނިންތަކަށް ބޭނުންވާ ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކަށް ޚާއްސަ ޓްރެއިނިންގ ޕްރޮގްރާމްތައް އަހަރުގެ އެކި ހިސާބުތަކަށް ބަހާލައިގެން ރާވާ ހިންގުން.
  11. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއަކީ އިދާރާތަކުންނާއި އާއްމުން ބަލައިގަންނަ އިންސްޓިޓިއުޓަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  12. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ނިއުސްލެޓަރ ތައްޔާރުކޮށް މަހަކު އެއްފަހަރު ނެރުން އަދި ވެބްސައިޓާއި ފޭސްބުކް ޕޭޖް ދުވަހުން ދުވަހަށް ބެލެހެއްޓުން. 
  13. ޓްރެއިނިންގ އެޕްލިކޭޝަންތައް ބެލެހެއްޓުމާއި ހިންގާ ޓްރެއިނިންތަކުގެ ފުރިހަމަ މައުލޫމާތާއި އެ ޓްރެއިނިންތަކުގެ ބައިވެރިންގެ މައުލޫމާތު ބަލަހައްޓައި އެ މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނޭގޮތަށް ބެލެހެއްޓުން އަދި މަހަކު އާންމު ކުރުން.
  14. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ބަޖެޓް އެކުލަވާލުމުގައި އެހީތެރިވުމާއި، ބަޖެޓާއި ގުޅިގެން ފޯރުކޮށްދޭންޖެހޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ވަގުތަށް ފޯރުކޮށްދިނުމާއި އިންސްޓިޓިއުޓުން މާލެއާއި އަތޮޅުތަކުގައި ހިންގާ ޓްރެއިނިންތަކުގެ އެންމެހާ އިންތިޒާމްތައް ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ހަމަޖެއްސުން. 
  15. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ހިންގާ ޓްރެއިނިންތައް ވަކި އުޞޫލެއްގެ މަތިން ފެންވަރު ވަޒަންކޮށް ގެންނަން ޖެހޭ ބަދަލުތައް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ގެނައުން. އެ ގޮތުން މަހަކު އެއްފަހަރު ސީއެސްޓީއައިގެ ކޮންމެ ޓްރެއިނަރެއްގެ މަދުވެގެން 1 ގަޑި އިވެލުއޭޓްކޮށް ފީޑްބެކްދިނުން.  
  16. ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމް އޮންލައިންކޮށް ތައްޔާރުކޮށް ހެދޭނެ އިންތިޒާމް ހަމަޖައްސައި ހިންގުން އަދި ސީއެސްޓީ އައިގައި އިތުރު ޓްރެއިނިންގ ބޭއްވޭނެ އިންތިޒާމް ހަމަޖެއްސުމާއި އިތުރަށް ޕްރޮގްރާމަށް ގެންނަންޖެހޭ ބަދަލުތައް ހޯދައި އެ ބަދަލުތައް ގެނައުން.
  17. އިންސްޓިޓިއުޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  18. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

29 ނޮވެންބަރު 2017 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %20)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: %65)
  • އެޕްޓިޓުއުޑް ޓެސްޓް - %10
  • ޕްރެކްޓިކަލްސް - %10
  • ޕްރެކްޓިކަލްސް - %10
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - %35

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަން ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާން 2017 ޑިސެންބަރު 5 ން 14 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ) މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

3 ރަބީޢުލްއައްވަލް 1439ހ

21 ނޮވެންބަރު 2017މ                                     

21 ނޮވެންބަރު 2017
ހޯދާ