އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
2018 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވެއްދުމާއިގުޅޭ

 

އޮމަދޫ ސްކޫލް

އދ އޮމަދޫ / ދިވެހިރާއްޖެ                                    

                                            އިޢުލާން

 

2018 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވެއްދުމާއިގުޅޭ:

                                

         2018 ވަނަ އަހަރު އަލަށް މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން 23 ނޮވެންބަރ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލަށް ވައްދަންއެދޭ ފޯމާއި އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ސްކޫލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. ސްކޫލަށް ވައްދަން އެދޭ ފޯމް 20 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

                  ޕްރީސްކޫލް މަރުޙަލާއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

4 އަހަރު ފުރި 5 އަހަރު ނުފުރޭ (2018 ޖެނުއަރީ 1 ގެ ނިޔަލަށް)

ޔޫ.ކޭ.ޖީ

5 އަހަރު ފުރި 6 އަހަރު ނުފުރޭ (2018 ޖެނުއަރީ 1 ގެ ނިޔަލަށް)

                 

            އެޑްމިޝަން ޕޮލިސީގެ 4 ވަނަ މާއްދާގެ (ށ) ގައިވާގޮތަށް ސްކޫލަށް ވައްދަން އެދޭ އަހަރު މާރޗްމަހުގެ 31 ގެ ނިލަޔަށް އަހަރުފުރޭ ކުދިންނަށްވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.

                    ވީމާ، މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                            27 ޞަފަރު 1439

16 ނޮވެންބަރު 2017
ހޯދާ