މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ރީޖަނަލް މެނޭޖަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު: 

 ރީޖަނަލް މެނޭޖަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ

އަސާސީ މުސާރަ:

11,600.00 ރުފިޔާާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: 6960 ރުފިޔާ

ސައިޓް އިންޗާރޖް އެލަވަންސް: 7500 ރުފިޔާ

ތަޢުލީމީ ފެންވަރު /ތަޖްރިބާ:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓުފިކެޓު ފެންވަރަށް ތަޢުލީމް ޙާސިލްކޮށްފައިވުން.
  2. މެނޭޖްމަންޓް ދާއިރާއިން މަސައްކަތްކޮށް އެކަށީގެންވާ ތަޖްރިބާ ލިބިފައިވުން.
  3. ގިނަ މީހުން ގޮވައިގެން މަސައްކަތްކުރުމުގެ ތަޖްރިބާ ލިބިފައިހުރި ޤާބިލު މީހެއްކަމުގައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

 ސެންޓަރުގެ ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތުތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ނ- ވަޒީފާ އަދާކުރާތަން ހުރި އަތޮޅަށް ނިސްބަތްވާ މީހުންނަށް އިސްކަންދެވޭނެއެވެ.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.                            

އިންޓަރވިއުކުރުން:

 އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން  ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް.

ނ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް  ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ރިސެޕްޝަން ކައުންޓަރަށް.

- އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  03 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން.  

 

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

27 ޞަފަރު 1439

16 ނޮވެމްބަރ 2017

 

16 ނޮވެންބަރު 2017
ހޯދާ