މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހދ. ހަނިމާދޫ ކަސްޓަމްސްގެ ވަށާފާރު އިތުރަށް އުސްކުރުމަށް.

އިޢުލާން

 

 

ހދ.ހަނިމާދޫ ކަސްޓަމްގެ ވަށާފާރު އިތުރަށް އުސްކުރުމަށް ބޭނުންވާތީވެ، މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން މަސައްކަތްކޮށްދިނުމަށް، 23 ނޮވެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 ފޯނަށް ގުޅުއްވުން އެދެމެވެ.

 

25 ޞަފަރު    1439

14 ނޮވެމްބަރު  2017

 

c

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

މާލެ، ދިވެހިރާއްޖެ                                                            

 

 

މިއޮފީހުގެ ނަންބަރު (IUL)14-PR/1/2017/38އިޢުލާނާއި ގުޅިގެން ހދ.ހަނިމާދޫ ކަސްޓަމްސްގެ ވަށާފާރު އުސްކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް

 

  1. 1.      ޙަވާލުކުރެވޭ މަސައްކަތް

1.1.    ހދ.ހަނިމާދޫ ކަސްޓަމްސްއަށް އަލަށް އިތުރުކުރެވުނު ބައިގެ ވަށާފާރު އިތުރު 3 (ތިނެއް) ފޫޓަށް އުސްކޮށް ރާނައި ސިމެންތި ޖެހުން. ވަށާފާރުގެ ދިގުމިނަކީ 500 (ފައްސަތޭކަ) ފޫޓެވެ.

1.2.    ވަށާފާރުގެ ކޮންމެ 10 ފޫޓަކުން، 4” x 4” (އިންޗި) ފުޅާ ތަނބު ޖަހަންވާނެއެވެ. ތަނބުތަކުގައި މަދުވެގެން 10 އެމް.އެމްގެ 2 ދަގަޑު ލާންވާނެއެވެ. 

1.3.    ފާރު ވަށައި މަތިން 4” x 4” (އިންޗި) ކޮންކްރީޓް ބީމްއެއް ލާންވާނެއެވެ. ބީމްގައި މަދުވެގެން 10 އެމް.އެމްގެ 2 ދަގަޑު ލާންވާނެއެވެ.

1.4.    ފާރު ރާނަންވާނީ 4 އިންޗި ގަލުންނެވެ.

1.5.    ފާރުގެ 2 ފަރާތުގައި ސިމެންތި ޖަހަންވާނެއެވެ. ސިމެންތި ޖަހަންވާނީ ހިމުން ވެލިންނެވެ. އަދި ސިމެންތި ޖެހުމަށް އާދައިގެ ވެލި ބޭނުންކުރެވިދާނެއެވެ.

1.6.    މިމަސައްކަތަށް ބޭނުންވާ މީހުންނާއި މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ހޯދާނީ މަސައްކަތް ކުރުމަށް ޙަވާލުވިފަރާތުގެ އަމިއްލަ ޚަރަދުގައެވެ.

  1. 2.        ސަމާލުކަން ދޭންވީ ކަންތައްތައް

2.1.    އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

2.2.    އަންދާސީ ހިސާބު އިވެލުއޭޓު ކުރެވޭނީ ޖުމްލަ އަގުންނެވެ. މިގޮތުން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް އެވޯޑުކުރެވޭނެއެވެ.

2.3.    ބިޑު ކާމިޔާބުކުރާ ފަރާތަށް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދެވޭނެއެވެ.

2.4.    މަސައްކަތްތައް ކުރަންވާނީ މަސައްކަތް ޙަވާލުކުރާ ފަރާތުން ޤަބޫލުކުރާ ފެންވަރަކަށެވެ.

2.5.    މަސައްކަތް ނިންމުމަށް އެއްބަސްވާ މުއްދަތުގައި މަސައްކަތް ނުނިމިއްޖެނަމަ، ލަސްވާ ކޮންމެ ދުވަހަކަށް، ތިރީގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ޖޫރިމަނާ ކުރެވޭނީ އެއްބަސްވުމުގެ ޖުމްލަ އަގުގެ (ފަނަރަ އިންސައްތަ) ހަމަވަންދެންނެވެ. އެއްވެސް ހާލަތެއްގައި މުޅި އެއްބަސްވުމުގެ އަގުގެ އަށްވުރެ ލިކުއިޑޭޓް ޑެމޭޖަސް އިތުރުވެއްޖެނަމަ އެއްބަސްވުމުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ނުކުރެވި އޮތްބައި މަސައްކަތް ހަވާލުވި ފަރާތުގެ އަތުން ވަކިކުރެވިދާނެއެވެ.

 

 ޖޫރިމަނާ ހިސާބު ކުރެވޭނީ:

                 0.75 X

2.6.   އެވޯޑްކުރެވޭ ފަރާތުން މަސައްކަތް ހަވާލުވުމަށްފަހު އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލްކުރަން ޖެހިއްޖެނަމަ، ކަސްޓަމްސްގެ އެއްވެސް ބިޑެއްގައި ބައިވެރި ވެވޭނީ އެއްއަހަރު ވުމަށްފަހުގައެވެ.

  1. 3.       އަންދާސީހިސާބު ހުށަހެޅުން

3.1.    އަންދާސީ ހިސާބު ހުށަހަޅުއްވާނީ 23 ނޮވެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ.

3.2.    އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

3.3.    އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

3.4.    އަންދާސީހިސާބު ހުށަހަޅާއިރު އެކެއްގެ މަސްލަހަތުހިމެނޭނަމަ އެފަރާތަކުން ގިނަވެގެން ހުށަހަޅަންވާނީ އެއް އަންދާސީހިސާބެވެ.

 

  1. 4.       ހުށަހަޅަންޖެހޭ ތަކެތި

4.1.    ކުންފުންޏެއްނަމަ، ކުންފުނީގެ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ނުވަތަ ލޯކަލް އިންވެސްޓްމެންޓްގެ ކޮޕީ.

4.2.    ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ، ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަންގެ ކޮޕީ.

4.3.    އަންދާސީ ހިސާބު ހުށަހަޅާއިރު، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް،ކަސްޓަމްސްގެ ވެރިޔަކާ އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް އަންދާސީ ހިސާބާއެކު ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގިއްޖެނަމަ އަންދާސީ ހިސާބު ބާތިލު ކުރެވޭނެއެވެ.

4.4.    އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުއްވުން.

4.5.    އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ އުސޫލުންނެވެ.

4.6.    ޕޮއިންޓް ދެވޭނެ ގޮތް

  • ހުށަހަޅާ އަގު
  • މަސައްކަތް ނިންމައިދޭ މުއްދަތު

80 މާކްސް

20 މާކްސް

    ޖުމްލަ

100 މާކްސް

 

14 ނޮވެމްބަރު 2017

14 ނޮވެންބަރު 2017
ހޯދާ