ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އިމާމް / މުދިމް

ވަޒީފާގެ ފުރުޞަތު

މިއިދާރާގެ މިދަންނަވާ  މަޤާމަށް ވަގުތީގޮތުން މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:           

އިމާމު/މުދިމު (ވޭޖް އެމްޕްލޯއިމަންޓް)

ބޭނުންވާ ޢަދަދު :

04 ( ހަތަރެއް )

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / ހއ. ކެލާ

މުސާރަ

މަގާމް

ވަޒީފާގެ ޝަރުތު

ރޭންކު

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ގަޑިއަކަށް

އިމާމް

ޝަރުތު ހަމަވާނަމަ

GS3

5

00/56 ރުފިޔާ

މުދިމް ( އިމާމްކަމުގެ ޝަރުތު ހަމަނުވާ )

ޝަރުތު ހަމަވާނަމަ

GS1

5

00/48 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ކެލާގެ މިސްކިތްތަކުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދު ކުރުން.
  2. ކައުންސިލްގެ އިދާރާއިން އަންގައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދާއި ކަށުނަމާދު ކުރުން.
  3. ރަމަޟާންމަހު ތަރާވީޙް ނަމާދުކުރަން މިސްކިތެއް ކައުންސިލްގެ އިދާރާއިން ހަމަޖައްސާފައި ނުވާނަމަ، މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރުން.
  4.  މިސްކިތުގައި މަސައްކަތުމީހުން  މަސައްކަތްކުރާ ނުކުރާގޮތްބަލައި އެމީހުންލައްވާ  މަސައްކަތް ކުރުވުން

 

މަޤާމުގެ ޝަރުޠުތައް:

 

  1. އިމާމް ކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ
  2. މުދިމް ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  3. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  4. ކަތީބުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  5. ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުން، ނުވަތަ
  6. ބަންގި ގޮވައި، އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށް ދެވޭ އިމްތިޙާނަކުން ފާސްވުން (މި ޝަރުޠު ހަމަވޭތޯ ބަލާނީ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ސަނަދެއް ލިބިފައި ނުވާ ފަރާތްތަކަށެވެ. )

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު ،ވަޒީފާއަށް އެދޭ ފޯމު ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނެ ގޮތަށް)
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  5. (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
  6. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

  1. އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަޞްލު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު ގެންނަވަންވާނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

ވަޒީފާއަށް އެދޭ ފޯމު ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ނޮވެމްބަރ 2017ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ކެލާކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 ނޮވެމްބަރ 2017ގައި ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގެ ތެރޭގައި  އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500027 ނަންބަރު ފޯނާއެވެ.  އީ-މެއިލް ކުރާނީ [email protected]  އަށެވެ.

14 ނޮވެންބަރު 2017
ހޯދާ