މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސްބައި ކުއްޔަށް ދިނުން :

ތިރީގައި މިވާ އޮފީސްބައިތައް ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.

1. ފިލާބިލްޑިންގ 1 ގެ ވަނަފަންގިފިލާ  (ދެކުނުބައި) – 435 އަކަފޫޓް

2. ފިލާބިލްޑިންގ 1 ގެ ވަނަފަންގިފިލާ  (ދެކުނުބައި) – 435 އަކަފޫޓް

3. ފިލާބިލްޑިންގ 1 ގެ ވަނަފަންގިފިލާ  (އުތުރުބައި) – 525 އަކަފޫޓް

ވީމާ، މި ބައިތައް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 2017 ނޮވެމްބަރ 19 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ( އެދުރުހިޔާ 9 ވަނަ ފަންގިފިލާ ) އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މިއިދާރާގެ ކައުންޓަރުން 2017 ނޮވެމްބަރ 13 ވާ އަންގާރަ ދުވަހުގެ 09:00 އިން ފެށިގެން ލިބެން ހުންނާނެއެވެ.

ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ގައި ބަހައްޓަވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

13 ނޮވެންބަރު 2017
ހޯދާ