ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލެޑް ޑްރައިވާގަނެ ސަޕްލައިކުރުން

މަގުބައްތިތަކުގެ މަރާމާތަށް ބޭނުންވާ ތިރީގައި މިދަންވަނާ ތަކެތި ގަނެ މިއިދާރާއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު

ބޭނުންވާ ތަކެތީގެ ތަފްޞީލް

ވޯޓް

ބޮޑުމިން

20

ލެޑް ޑްރައިވަރ

36 ވޯޓް

Input: AC90-265V

Output: DC20-36V

Length 9-12cm, Width 3.5cm, Height 2.7cm

ވީމާ، މަތީގައިމިވާ ތަކެތި މިއިދާރާއަށް ފޯރުކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ނޮވެމްބަރ 2017 ވަނަދުވަހުގެ 10:30 އަށް މިއިދާރާއަށް އަންދާސީ ހިސާބު ނުވަތަ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް  އަކުންނަމަ އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ވަކި ފަރުދެއްގެ ނަމުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ މީހެއްގެ ނަމުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި އަންދާސީ ހިސާބު ހުށައެއްނޭޅޭނެއެވެ. ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ނޮވެންބަރު 2017
ހޯދާ