ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ނ. އަތޮޅު ތަޢުލީމީ މަރުކަޒު

    ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                                       ނަމްބަރު: GS07/IUL/2017/019

އިޢުލާން

                ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.....................           .

                                                                                      

އަންދާސީހިސާބު ހުށައެޅުމުގެ ދަޢުވަތު   

    

     މިމަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓު އުޞޫލުން 2018 ވަނަ އަހަރު މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

           މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގެ މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

2017 ނޮވެމްބަރ 20 ވާ ހޯމަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށައެޅުއްވުމާއި، ކެނޑުން

2017 ނޮވެމްބަރ 27 ވާ ހޯމަ ދުވަހުގެ 11:00 ގައި

 

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށައަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށައަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

      މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަފަހަރުކުރި މިމަދަރުސާގެ ނަމްބަރު GS07/IUL/2017/018  އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެ އިޢުލާން ބާޠިލްކުރިވާހަކަ ދެންނެވީމެވެ.

24 ޞަފަރު 1439

13 ނޮވެމްބަރ 2017

13 ނޮވެންބަރު 2017
ހޯދާ