މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޕިއުމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ އެމްޕްލޯއިމަންޓް އެޖެންސީ އުވާލުމާއި ބެހޭ

އިޢްލާން

 

ތިރީގައި މިދަންނަވާ ކުންފުނީގެ ހުއްދައިގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ބާޠިލުކޮށްދިނުމަށް އެދި ''ޕިއުމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް'' (PIUMA INVESTMENT PRIVATE LIMITED) އިން ވަނީ މި މިނިސްޓްރީއަށް ހުށަހަޅާފައެވެ.

 ވީމާ، މި ދަންނަވާފއިވާ ކުންފުނީގެ ފަރާތުން އެމްޕްލޯއިމަންޓް އޭޖެންސީއެއްގެ ހައިސިއްޔަތުން ކުރައްވާފައިވާ މުޢާމަލާތަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް އޮތްނަމަ 16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެ ކުރިން ލިޔުމަކުން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

                ‏23‏ ޞަފަރް‏ 1439

                ‏12‏ ނޮވެމްބަރ‏ 2017

12 ނޮވެންބަރު 2017
ހޯދާ