ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ ކައުންސިލަށް 2 ކޮޓަރި،ސިޓިންގ ރޫމް އަދި ބަދިގެ ކާގެ ހިމެނޭ އެޕާޓްމަންޓެއް އިމާރާތްކުރުން

 އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މި އިދާރާއަށް ދެކޮޓަރި ،ސިޓިންރޫމް އަދި ބަދިގެ ހިމެނޭ އެޕާޓްމަންޓެއް އިމާރާތްކޮށްދިނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2017 ނޮވެމްބަރ 20 ވާ ހޯމަ ދުވަހުގެ 10:00އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު 2017 ނޮވެމްބަރ 27ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރަން ވަޑައިނުގަންވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތުގެ ސިޓީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކޮންމެފަރާތަކަށްވެސް ބައިވެރިވެވޭނީ އެއްފަރާތެއްގެ ހައިސިއްޔަތުންނެވެ. (އަމިއްލަ ނަމުގައި ނުވަތަ ބަދަލުގައި އަންނަ ފަރާތުގެ ނަމުގައެވެ.)

           އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520041 ނަންބަރާއެވެ.

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ނޮވެންބަރު 2017
ހޯދާ