ނަރުދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނަވާނެ ގެޔެއް ކުއްޔަށް ހިފުން

އިޢުލާން

ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާއި ބެހޭ

          މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީހްގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން

ނަރުދޫ ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރުން

16 ނޮވެމްބަރ 2017ވާ ބުރާސްފަތިދުވަހު 13:00ގައި

އަންދާސީހިސާބުހުށަހެޅުމާއި ކެނޑުން

22 ނޮވެމްބަރ 2017ވާ ބުދަދުވަހު 13:00 ގައި

            

            މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތުދިނުމާއި، އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތުހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ އެއް ފަރާތެވެ.  ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ތަމްސީލްކުރައްވަނީ ކޮންފަރާތެއްކަން އެނގޭނެ ލިޔުމެއް / ސިޓީއެއް ހުށައަޅަންވާނެވެ. މިކަމާގުޅޭގޮތުން އިތުރުމަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6540577ފޯނަށް ގުޅުއްވުން އެދެމެވެ.

               ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ނޮވެންބަރު 2017
ހޯދާ