މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާެގެ ފުރުސަތު

އިޢުލާން

 

މި މިނިސްޓްރީގެ ތިރީގައިމިވާ މަޤާމަށް އިޢުލާން ކުރަމެވެ.   

  

01. މަޤާމް:

ޑިރެކްޓަރ

މަޤާމް ނަމްބަރު:

251076

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމްގެ ގިންތި:

ކޮންޓްރެކްޓް ( 4މަސް)

މަޤާމްގެ ރޭންކް

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ

ސެކްޝަން:

އިންވެސްޓް މޯލްޑިވްސް  

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް/ މާލެ

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސްފަރުވާގެ ޙިދުމަތް.

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

  1. ދަތުރުފަތުރުގެ ނިޒާމާއި ޖުމްލަކޮށް ދަތުރުފަތުރުގެ ދާއިރާއިން އިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ޒިންމާ ނެގުން އަދި މި ކަންތައްތަކް ޖަވާބުދާރީވުން.
  2. ސަރުކާރުގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން ސިޔާސަތުތައް އެކަށައެޅުމަށާއި ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ފާހަގަކޮށް  މިކަމާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓްތައް  ތައްޔާރު ކުރުން.
  3. ދަތުރުފަތުރުގެ ދާއިރާއިން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، ކަމާގުޅޭ ކަރުދާސްތައް ތައްޔާރުކޮށް ހުށަހެޅުން.
  4. އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދާރީވެ މައުލޫމާތުތައް ފޯރުކޮށްދިނުން އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް އަންގައި ދިނުން
  5. ދަތުރުފަތުރުގެ ދާއިރާ ތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަންތައްތަކަށް މަގުފަހިކުރުމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ދަތުރުފަތުރާއި ގުޅިގެން މަޢުލޫމާތު ފެތުރުމަށް ބާއްވާ ބައްދަލުވުންތައް ރާވާއި ހިންގުން.
  7. ދަތުރުފަތުރުގެ ދާއިރާއިން މިނިސްޓްރީގައި ރާވާ ހިންގައި މަސައްކަތްތައް  ވިލަރެސްކުރުން.
  8. ދަތުރުފަތުރުގެ ނިޒާމު ހިންގުމުގެ ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، މި ނިޒާމާއި ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިވުން.

މަޤާމުގެ ޝަރުތުތައް

 

 

  1. އިކޮނޮމިކް/ބިޒްނެސް އެޑްމިނިސްޓްރޭޝަން/މާރކެޓިންގް/ޕްރޮޖެކްޓް މެނޭޖްމެންޓް/ ސްޓްރެޓެޖިކް މެނޭޖްމަންޓް/ އިންޓާރނޭޝަނަލް ބިޒްނަސް/އިންވެސްޓްމަންޓް / ފައިނޭންސް/ އައި.ޓީ އަދި ލޯ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، އިކޮނޮމިކް/ ބިޒްނަސް / އިންވެސްޓްމަންޓް/ ފައިނޭންސް/ އަ.އި.ޓީ  އަދި ލޯ ގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އިކޮނޮމިކް/ބިޒްނެސް އެޑްމިނިސްޓްރޭޝަން/މާރކެޓިންގް/ޕްރޮޖެކްޓް މެނޭޖްމެންޓް/ ސްޓްރެޓެޖިކް މެނޭޖްމަންޓް/ އިންޓާރނޭޝަނަލް ބިޒްނަސް/އިންވެސްޓްމަންޓް / ފައިނޭންސް/ އައި.ޓީ އަދި ލޯ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، އިކޮނޮމިކް/ ބިޒްނަސް / އިންވެސްޓްމަންޓް/ ފައިނޭންސް/ އަ.އި.ޓީ  އަދި ލޯ ގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އިކޮނޮމިކް/ބިޒްނެސް އެޑްމިނިސްޓްރޭޝަން/މާރކެޓިންގް/ޕްރޮޖެކްޓް މެނޭޖްމެންޓް/ ސްޓްރެޓެޖިކް މެނޭޖްމަންޓް/ އިންޓާރނޭޝަނަލް ބިޒްނަސް/އިންވެސްޓްމަންޓް / ފައިނޭންސް/ އައި.ޓީ އަދި ލޯ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، އިކޮނޮމިކް/ ބިޒްނަސް / އިންވެސްޓްމަންޓް/ ފައިނޭންސް/ އަ.އި.ޓީ  އަދި ލޯ ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތ

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ  ދިވެހި ރައްޔިތެއްކަން  އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް  މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 

   6. ފުރިހަމަކޮށްފައިވާ،  ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

   7.  ސިވިލް ސަރވިސްގެ ވަޒީފާއަށް  ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ.

    8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި  ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމު މި (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް) ކައުންޓަރުން ލިބެން ހުންނާނެވެ. އަދި  މި އިދާރާގެ  (www.trade.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (22 ނޮވެންބަރ 2017 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އީ-މެއިލް އެޑްރެހަކީ، ( [email protected]  )

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ ، އެޕްލިކޭޝަން ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެފަހު ތާރީޙުން ފެށިގެން 1 ނުވަތަ 2 ހަފްތާ އާއި ދެމެދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރިވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:

   

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ  ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން 30% އަށްވުރެ މަތިވާންޖެހޭނެއެވެ.

 

                       

-      ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނުން ކޮންމެ ދުވަހަކު 08:00  ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ.

-      މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަމްބަރ: 3333174،3333160 އަށް ގުޅުއްވުމުން ނުވަތަ [email protected]  އަށް މެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

12 ނޮވެންބަރު 2017
ހޯދާ