މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އިއުލާން

                                         އިއުލާން: (IUL)101-AF/1/2017/264

ކ. ތުލުސްދޫގައި ބާއްވާ ބައިނަލްއަޤްވާމީ ފަތުރުވެރިންގެ ދުވަސް 2017 ގައި ބައިވެރިވުމުގެ ފުރުޞަތު

 

އިޢުލާން

 

ކ. ތުލުސްދޫގައި ބާއްވާ ބައިނަލްއަޤްވާމީ ފަތުރުވެރިންގެ ދުވަސް 2017 ގައި ބައިވެރިވުމުގެ ފުރުޞަތު

 

ބައިނަލްއަޤްވާމީ ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑިސެމްބަރު މަހު 16 އިން 17 އަށް ޓުއަރިޒަމް މިނިސްޓްރީއިން ކ. ތުލުސްދޫގައި ބާއްވާ މަޢުރަޒުގައި ސަބާ މޯލްޑިވްސްއިން ބައިވެރިވުމަށްވަނީ ނިންމާފައެވެ. މިމަޢުރަޒުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ސަބާ މޯލްޑިވްސްގެ ހުރިހާ މެންބަރުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިމަޢުރަޒުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ މެންބަރުން 16 ނޮވެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 02:00 ގެ ކުރިން، މަޢުރަޒުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ފޯމް ސަބާ މޯލްޑިވްސްގެ އޮފީހުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 7799388 / 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

09 ނޮވެންބަރު 2017
ހޯދާ