ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިންމެތިން އަށިގަނޑު ހަދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢްލާން

ސިންމެތިން އަށިގަނޑު ހަދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މިކައުންސިލްގެ ނަންބަރު: 46/2017/393/393(IUL) (19/10/2017) އިޢްލާނާ ގުޅިގެން ހުށައެޅިފައިވާ އަގުތަކާ އެއްވަރަށް މިކައުންސިލްގެ ބަޖެޓް ތަންނުދޭތީ އެއިލާން ބާޠިލްކޮށް އަލުން އިޢްލާން ކުރީމެވެ.

މިރަށުގެ ދަތުރުހިޔާ (ފެރީޓާރމިނަލް) ގެ އެތެރޭގައި 2  ސިމެންތި އަށިގަނޑާއި އަތިރިމަތީގައި 1 ސިމެންތި އަށިގަނޑު އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުމެވެ.

           މިމަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށް ދިނުން އޮންނާނީ 16 ނޮވެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުކުރީ 11.00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 21 ނޮވެންބަރު 2017 ވާ އަންގާރަ ދުވަހުގެ މެންދުރުކުރީ 11.00 ގައި މިއިދާރާގައެވެ. މަޢްލޫމޫތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މާއްލޫމާތު ސާފު ކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

               20 ޞަފަރު  1439

                9 ނޮވެންބަރު 2017

09 ނޮވެންބަރު 2017
ހޯދާ